ސްޕެނިޝް ލީގުގެ އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާއިން ރޭ ރަށުން ބޭރުގައި 5-0 އިން އެލްޗޭ ބަލިކޮށްފިއެވެ.

މި ސީޒަނަށް ވަރުގަދައަށް ތައްޔާރުވި ބާސާއިން ވަނީ ރޭ ކުޅުނު މެޗަށްވެސް އެންތަނީ ގޯޑަންއާއި ކަރީމް އަދެޔޭމީ ކުޅެން ނެރެފައެވެ. އޭނާގެ ފަރާތުން ދެ އެސިސްޓް ފެނުނު އިރު، ރޮޑްރީ ރޭގެ މެޗުގައި ފެނިގެން ނުދެއެވެ. ރޮޑްރީ ބާސާއާ ގުޅުނީ މިދިޔަ ހަފުތާގައެވެ.

މިދިޔަ ދެ ސީޒަނުގައިވެސް ރަނގަޅަށް ފެނުނު ބާސާއިން 14 ވަނަ މިނެޓުގައި ލީޑު ނެގީ ޕެނަލްޓީއަކުންނެވެ. ވިކްޓޯ ޗަސްޓް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީގައި ރަފީނިއާ ފަސޭހަކަމާއެކު ގޯލް ހުޅުވާލި އިރު، އޭގެފަހުން އެލްޗޭއިން ނުރައްކާ ކުރެވޭތޯ ބެލިއެވެ.

އެހެން ނަމަވެސް، ހާފު ނިމުމުގެ ކުރިން އަނެއްކާވެސް ގޯލް ޖެހީ ބާސާއިންނެވެ. މި ސީޒަނަށް އެ ކްލަބާ ގުޅުނު ހަލުވި ވިންގް، އަދެޔޭމީ އެ ގޯލް ޖެހި އިރު، ފުރަތަމަ ހާފުގެ ފަހުކޮޅުގައި ގަވީއަށް އަނިޔާވެ ޕެޑްރީ ކުޅުމަށް ނެރެން ޖެހުނެވެ.

ދެވަނަ ހާފުގެ ތެރެއިން ގޯޑަން ކުޅެން ނެރެފައިވާ އިރު، ކުޅެން ނުކުތްތާ ދެވަނަ މިނެޓުގައި އޭނާ ވަނީ ރަފީނިއާގެ ދެވަނަ ގޯލަށް ފުރުސަތު ތަނަވަސް ކޮށްދީފައެވެ. އަދި 71 ވަނަ މިނެޓުގައި ފާމިން ލޮޕޭޒް ޖެހި ގޯލަށްވެސް ގޯޑަން އެސިސްޓް ކޮށްދިން އިރު، ލޮޕޭޒްގެ އަނެއް ގޯލަށް އެސިސްޓް ކޮށްދިނީ ޒަވީ އެސްޕާޓެވެ.