މި ސީޒަނުގެ ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން ކުޅުނު ފުރަތަމަ މެޗުގައި ރޭ އެސްޕަނިޔޯލް ބަލިކޮށްފިއެވެ.
ރަށުން ބޭރުގައި ރެއާލުން ރޭ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ ޖޯސޭ މޮރީނިއޯ އެ ކްލަބަށް އެނބުރި އައިފަހުން ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ. މީގެ ކުރިންވެސް ރެއާލަށް ކޯޗުކަން ކޮށްދީފައިވާ މޮރީނިއޯ އަލުން އެ ކްލަބާ ހަވާލުވެފައި ވަނީ 13 އަހަރަށްފަހުއެވެ.
މޮރީނިއޯ ވަނީ މީގެ ކުރިން 2010 އިން 2013 އަށް ރެއާލަށް ކޯޗުކަން ކޮށްދީފައެވެ. އެފަހަރު ލީގު ތަށްޓެއްގެ އިތުރުން ސުޕަ ކަޕާއި ކޮޕާ ޑެލް ރޭ ކާމިޔާބުކުރިއެވެ.
ރެއާލުން ރަނގަޅު ފެށުމަކުން މެޗު ފެށި އިރު، ނުވަވަނަ މިނެޓުގައި އެޓީމުން ލީޑުވެސް ނެގިއެވެ. ޖޫޑް ބެލިންހަމް ގޯލް ޖަހައިދިނީ އާދާ ގުލާގެ ހިލޭ ޖެހުމަކުންނެވެ. އެ ގޯލާއެކު ރެއާލުން ލީޑު ނެގި ނަމަވެސް، އެސްޕަނިޔޯލްއިން ވަނީ މަޑުމަޑުން މެޗު ތެރެއަށް ވަދެ، ކުޅުން ރަނގަޅު ކޮށްފައެވެ.
ހާފު ނިމުމުގެ ކުރިން އެސްޕަނިޔޯލްއިން ރެއާލް ކޮޅަށް ގޯލް ޖަހައި މެޗު އެއްވަރުކުރިއެވެ. މެޗުގެ 30 ވަނަ މިނެޓުގައި އެސްޕަނިޔޯލް އެއްވަރުކުރީ ހާވީ ހެނާންޑޭޒް، ހުރަސްކޮށްލި ބޯޅައިގައި އެލެކްސް ކަލަޓްރާވާ ޖެހި ގޯލުންނެވެ.
އޭގެފަހުން ހާފު ނިމުމުގެ ކުރިން ދެޓީމަށްވެސް ފުރުސަތުތައް ލިބުނު ނަމަވެސް އިތުރު ގޯލެއް ފެނިގެން ނުދެއވެެ. ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ މާކޯ މިޓްރޮވިޗް މަތަކުރި އިރު، އަނެއްކޮޅުން ރޮބާޓޯ ފެނާންޑޭޒްއަށް ލިބުނު ފުރުސަތު އޭނާ އަތުންވީ ބޭކާރެވެ.
ދެވަނަ ހާފަށް ނުކުމެ ރެއާލުން ރަނގަޅުކުރިއެވެ. ބެލިންހަމްގެ ރަނގަޅު ހަމަލާއެއް ކީޕަރު މިޓްރޮވިޗް މަތަކުރި އިރު، ފެޑެރީކޯ ވަލްވާޑޭ ފޮނުވާލި ހަމަލާވެސް ކާމިޔާބެއް ނުވިއެވެ.
އެންމެފަހުވަގުތު ރެއާލުން ލީޑު ނެގީ އަލަށް އެ ކްލަބާ ގުޅުނު ކާލޮސް އެސްޕީ ޖެހި ގޯލުންނެވެ. އެސްޕީ 90 ވަނަ މިނެޓުގައި ގޯލް ޖެހީ އެމްބާޕޭގެ ހަމަލާއިން ލިބުނު ރީބައުންސް ބޯޅައަކަށް އަރައެވެ. އެސްޕީ ސްޕެއިނާއެކު ވޯލްޑް ކަޕް ހޮދި އިރު، އެހެން ކުޅުންތެރިންނަށްވުރެ ބޮޑަށް އޭނާއަށް ޗުއްޓީ ދީފައިވެއެވެ. އެސްޕީ ރެއާލާ ގުޅުނީ 25 މިލިއަން ޔޫރޯގެ އަގަކަށެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ކޮމެންޓް