ޕޯޗުގަލްގެ ކެޕްޓަން، އަލް ނަސްރުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ، މި ސީޒަނަށްފަހު ފުޓުބޯޅަ ހުއްޓާލަން އުޅޭ ކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބުނެފައި ވަނީ މި ސީޒަނަކީ އޭނާގެ ކެރިއަރުގެ އެންމެ ފަހު ސީޒަނަށްވުން ވަރަށް ގާތް ކަމަށާއި، މިހާރު ފުޓުބޯޅައަށްފަހު ކުރިއަށްދާނެ ގޮތެއް ނިންމާފައިވާ ކަމަށެވެ. އަދި ރޮނާލްޑޯ ބުނީ ފުޓުބޯޅަ ދޫކޮށް ދާން އަބަދުވެސް ބޭނުންވީ ބޮޑު ލެގަސީއަކާއެކުގައި ކަމަށާއި، އެކަން ކުރާނެ ކަމަށެވެ.

ޕޯޗުގަލްގެ ކުޑަ ރަށެއް ކަމަށްވާ މެޑެއިރާގެ ފުންޗާލްއަށް އުފަން ރޮނާލްޑޯއަކީ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯ ވަނީ ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާ، 2008 ވަނަ އަހަރު ހޯދައިފައެވެ. ހަތް ސީޒަނެއްގައި ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑާއި ޔޫރަޕްގެ ހަތަރު ރަން ބޫޓުވެސް ރޮނާލްޑޯ ހޯދާފައިވެއެވެ.

ރޮނާލްޑޯ އެންމެ ފުރަތަމަ ސްޕޯޓިން ލިސްބަންއަށް ކުޅުމަށްފަހު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ، ތިން ފަހަރަށް ޕްރިމިއާ ލީގު ހޯދައި، ޗެމްޕިއަންސް ލީގުވެސް ހޯދިއެވެ. އަދި އޭގެފަހުން ރެއާލް މެޑްރިޑަށް ގޮސް، ދެ ފަހަރަށް ލީގު ހޯދުމުގެ އިތުރުން ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ހޯދިއެވެ. އޭގެފަހުން ޔުވެންްޓަސްއަށްވެސް ގޮސް ލީގު ހޯދާފައިވާ އިރު، މިހާރު ކުޅެމުންދާ އަލް ނަސްރާއެކު މިދިޔަ ސީޒަނުގައި ރޮނާލްޑޯ ވަނީ ސައުދީ ލީގުވެސް ހޯދައިފައެވެ.

ޕޯޗުގަލްއާއެކު ޔޫރޯއާއި ނޭޝަންސް ލީގު ކާމިޔާބުކުރި ރޮނާލްޑޯއަށް ނުލިބި އޮތް ތަށްޓަކީ ވޯލްޑް ކަޕްގެ ތަށި އެކަންޏެވެ.