މެންޗެސްޓާ ސިޓީއަށް ކުޅެމުންދާ ނެދަލޭންޑްސްގެ މިޑްފީލްޑަރު ސައުދީ އަރަބިއާގެ އަލް ގަދްސިއާއަށް ދިޔުމާ ގާތަށް ޖެހިލައިފި ކަމަށް މީޑިއާތަކުން ބުނެފިއެވެ.

އުމުރުން 28 އަހަރުގެ ރެއިންޑާސް ސައުދީއަށް ދާނެ ކަމަށް ނޫސްތަކުން ބުނެފައި ވަނީ 52 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި އެ ޑީލަށް ސިޓީން މަސައްކަތް ކުރަމުންދާ ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ. ހަބަރުތައް ބުނެފައި ވަނީ ސައުދީގެ އަލް ގަދްސިއާއިން ހުށަހެޅި އަގަށް ސިޓީން އެއްބަސްވެފައިވާ ކަމަށެވެ.

ރެއިންޑާސް، މިދިޔަ ސީޒަނަށް ސިޓީއަށް ދިޔައީ އޭސީ މިލާން ދޫކޮށްލައިފައެވެ. އެފަހަރު ސިޓީން އޭނާ ގެންގޮސްފައި ވަނީ 46.5 މިލިއަން ޕައުންޑްގެ އަގެއްގައެވެ. ސިޓީއާއެކު ކުޅުނު ފުރަތަމަ މެޗުތަކުގައި ވިދާލި ނަމަވެސް، ފަހުން ފޯމް ފެނުނީ ދަށްކޮށެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ 47 މެޗުން ހަތް ގޯލް ޖަހައިފައެވެ.

ނެދަލޭންޑްސްއާއެކު ރެއިންޑާސް ވަނީ ނިމިދިޔަ ވޯލްޑް ކަޕަށްވެސް ގޮސްފައެވެ. އޭނާ ވަނީ ގްރޫޕް ސްޓޭޖުގައި ޖަޕާނާއި ސްވިޑެން އަދި ޓިއުނީޝިއާ ދެކޮޅަށް ފުރަތަމަ 11 އަށް ނުކުމެފައެވެ. އެހެން ނަމަވެސް ނެދަލޭންޑްސްއިން މޮރޮކޯއާ ދެކޮޅަށް ކުޅުނު ގަދަ 32 ގެ މެޗުގައި ރެއިންޑާސް ކުޅެފައެއް ނުވެެއެވެ.