ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލުން، އިންޑިއާއާ ދެކޮޅަށް އޮކްޓޯބަރު މަހު އެކުވެރިކަމުގެ މެޗެއް ކުޅެން ނިންމައި، އެކަން ރަސްމީކޮށް އިއުލާނު ކޮށްފިއެވެ.
އިންޑިއާއާ ދެކޮޅަށް ބްރެޒިލުން ކުޅޭ އެކުވެރިކަމުގެ މެޗު އަންނަ އޮކްޓޯބަރު މަހު ތިންވަނަ ދުވަހު ކަލްކަތާގައި އޮންނާނީ ވިވެކަންޑާ ޔޫވާ ބަރާތީ ކްރިރަންގަންގައެވެ. އެއީ ބްރެޒިލްގެ ހާއްސަ އޭޝިއާ ޓުއާގައި ހިމެނޭ މެޗެކެވެ. ދުނިޔޭގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލުން އޭޝިއާއަށް ކުރާ ދަތުރުގައި ފުރަތަމަ ކުޅޭނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. އެއީ ސެޕްޓެމްބަރު 25 ވަނަ ދުވަހުއެވެ. އަދި އިންޑިއާއަށް ބްރެޒިލް ދާނީ ސެޕްޓެމްބަރު 29 ވަނަ ދުވަހުއެވެ.
ދުނިޔޭ ރޭންކިންގް 138 ވަނައިގައި މިވަގުތު އޮތް އިންޑިއާއިން ވަރުގަދަ ބްރެޒިލާ ދެކޮޅަށް ނުކުންނަން ތައްޔާރުވާ އިރު، މިއީ އިންޑިއާގެ ތާރީހުގައިވެސް ފީފާ ރޭންކިން ގަދަ ފަހެއްގައި ހިމެނޭ ޓީމަކާ ދެކޮޅަށް ކުޅޭ ފުރަތަމަ ފަހަރެވެ. ބްރެޒިލް މިވަގުތު އޮތީ ފީފާ ރޭންކިންގެ ފަސްވަނައިގައެވެ.
މީގެ ކުރިން އިންޑިއާއިން ކުޅުނު ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާ އިރު، 1948 ވަނަ އަހަރު އޮލިމްޕިކްސްގައި އިންޑިއާ ވަނީ ފްރާންސާ ވާދަކޮށްފައެވެ. އަދި 1952 ވަނަ އަހަރު އޮލިމްޕިކްސްގައި އިންޑިއާއިން އޭރުގެ ވަރުގަދަ ބާރެއް ކަމަށްވާ ޔޫގޯ ސްލާވިއާއާ ދެކޮޅަށް ކުޅުނު އިރު، 1984 ވަނަ އަހަރު ނެހުރޫ ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅެފައިވެއެވެ.
އިންޑިއާގައި ބްރެޒިލް ކުޅޭ މެޗުގެ ކަންކަން ބަލަހައްޓާނީ ބެސްޓް11 ގްރޫޕުންނެވެ. އެއީ އިންޓަނޭޝަނަލް ސްޕޯޓްސް ކޮންސަލްޓެންސީ ފާމެކެވެ. އިންޑިއާ ނޫސްތަކުން ބުނެފައި ވަނީ މެޗުގައި ބްރެޒިލްގެ އެންމެ ވަރުގަދަ ޓީމު ކުޅުވަން މަޖުބޫރުކޮށް އެއްބަސްވުން ހަދާފައިވާ ކަމަށެވެ. އަދި ބްރެޒިލް ޓީމުގެ އިންތިޒާމުތަކަށް 70 ނޫނީ 80 ކްރޯރް ރުޕީސް ހަރަދުވާނެ ކަމަށްވެސް ނޫސްތައް ބުނެއެވެ.
އިންޑިއާއިން ސެޕްޓެމްބަރު 21 އިން އޮކްޓޯބަރު ހަޔަކަށް އޮންނަ ފީފާގެ އާސިއާން ކަޕްގައިވެސް ކުޅެން ތައްޔާރުވެފައިވީ ނަމަވެސް، ބްރެޒިލް މެޗުގައި އެންމެ ވަރުގަދަ ސްކޮޑު ފެންނާނެ ކަމަށް ނޫސްތައް ބުނެއެވެ.
ކަލްކަތާއަކީ އިންޑިއާ ފުޓުބޯޅައިގެ އެންމެ މަގުބޫލު ސިޓީއެވެ. މީގެ ކުރިން އިންޑިއާގައި ޕެލޭވެސް ކުޅެފައިވެއެވެ. އެއީ 1977 ވަނަ އަހަރު މޯހަން ބަގާނާއި އެމެރިކާގެ ނިއު ޔޯކް ކޮސްމޯސް ކުޅުނު މެޗެއްގައެވެ. އަދި މިދިޔަ އަހަރު ކަލްކަތާއަށް ލިއޮނަލް މެސީވެސް ޒިޔާރަތް ކޮށްފައިވެއެވެ.
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް
ކޮމެންޓް