ތިލަފުށީގައި ހުންނަ ވެމްކޯގެ ސައިޓެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ އެ އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ މިރޭ 21:30 އެހާކަންހާއިރު ތިލަފުށި ގޮނޑުގައި އަލިފާން ރޯވެފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނު ކަމަށެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު އަދި ލިބިފައިނުވާކަމަށް ފުލުހުން ބުންޏެވެ.