މިދިޔަ ހަފުތާގައި އެމްއެންޑީއެފް ކޯސްޓުގާޑުން ބަލިމީހުން އުފުލުމުގެ 50 ދަތުރު ކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިމަހުގެ 19 އިން ފެށިގެން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ކޯސްޓްގާޑުގެ އުޅަނދުފަހަރުގައި 50 ދަތުރެއް ވަނީ ކޮށްފައެވެ.
އެގޮތުން އެ މުއްދަތުގެ ތެރޭގައި ކޯސްޓްގާޑް ސްކޮޑްރަން އެކަކުން ވަނީ ބަލިމީހުން އުފުލުމުގެ 29 ދަތުރެއް ކޮށްފައެވެ. އަދި ސްކޮޑްރަން ދެއަކުން ހަތް ދަތުރެއް ކޮށްފައިވާއިރު، ސްކޮޑްރަން ތިނަކުން ވަނީ ނުވަ ދަތުރެއް ކޮށްފައެވެ.
މީގެ އިތުރުން ސްކޮޑްރަން ހަތަރަކުން ފަސް ދަތުރެއް ކޮށްފައިވާ އިރު، ކޯސްޓްގާޑުގެ ސީއެންބިއުލާންސުން އެ މުއްދަތުގައި އެންމެ ދަތުރެއް ވެސް ކޮށްފައެއް ނުވެއެވެ.
މިދިޔަ އޮކްޓޫބަރު މަހު ކޯސްޓްގާޑުން ވަނީ ބަލިމީހުން އުފުލުމަށް ގިނަ ދަތުރުތަކެއް ކޮށްފައެވެ. އެގޮތުން މިދިޔަ މަހު ޖުމްލަ 250 އަށްވުރެ ގިނަ ދަތުރު ކޮށްފައިވެއެވެ.
ކޮމެންޓް