ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު، ފްރާންސްގެ ކިލިއަން އެމްބާޕޭ މުގުރާލައިފިއެވެ.

އެ ރެކޯޑު ކުރިން އޮތީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ، އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އަތުގައެވެ. މިފަހަރު ވޯލްޑް ކަޕްގައި މެސީ ރެކޯޑު ހަދާފައި އޮތީ މިހާތަނަށް 21 ގޯލް ޖަހައިގެންނެވެ. މިރޭ ފްރާންސުން އިންގްލެންޑާ ދެކޮޅަށް ކުޅެމުންދާ ތިންވަނަ ހޮވާ މެޗުގައި އެމްބާޕޭ ދެ ގޯލް ޖަހުމާއެކު އޭނާ ވޯލްޑް ކަޕްގައި ޖެހި ގޯލްގެ އަދަދު ވަނީ 22 އަށް އަރައިފައެވެ.

މި ވޯލްޑް ކަޕްގައި އެމްބާޕޭ ޖުމުލަ 10 ގޯލް މިހާތަނަށް ޖަހާފައިވާ އިރު، މިވަގުތު ގޯލް ޖެހުމުގެ ލިސްޓްގެ އެންމެ ކުރީގައިވެސް އޮތީ އޭނާއެވެ.

މި ވޯލްޑް ކަޕްގެ ކުރިން އެ ރެކޯޑު އޮތީ ޖަރުމަން ލެޖެންޑް މިރޮސްލާވް ކްލޯސާގެ އަތުގައެވެ. އެ ރެކޯޑުގައި ކްލޯސާ އޮތީ 16 ގޯލާއެކުއެވެ.

އެމްބާޕޭ 2018 ވަނަ އަހަރު ފްރާންސާއެކު ވޯލްޑް ކަޕް ހޯދާފައިވާ އިރު، މިދިޔަ 2022 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލުގައި ހެޓްރިވެސް ހެދިއެވެ. އެމްބާޕޭގެ ރެކޯޑު މުގުރާލަން މެސީއަށް އަދި ފުރުސަތު އެބައޮތެވެ. އެއީ މާދަމާ ރޭ ސްޕެއިނާ ދެކޮޅަށް ކުޅޭ ފައިނަލް މެޗުންނެވެ.