އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބްރެޒިލް ރެފްރީ ރަފޭލް ކްލައުސްގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދުމުން، އެކަމުގައި ފީފާއަށް ރެފްރީ ދިފާއުކުރަން ޖެހިއްޖެއެވެ.
ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި އެމެރިކާއިން ބޮސްނިއާ ބަލިކޮށް، ގަދަ 16 ޔަގީންކުރި މެޗުގައި ރަތް ކާޑު ދެއްކި އެމެރިކާގެ އިތުބާރު ފޯވަޑް ފޮލާރިން ބަލޮގަންއަށް ބެލްޖިއަމާ ދެކޮޅަށް ކުޅެވޭނެ ގޮތަށް ފީފާއިން ވަނީ ހަދައިފައެވެ. އުމުރުން 25 އަހަރުގެ ބަލޮގަންއަށް އެ މެޗުގައި ރަތް ކާޑު ދެއްކީ ބޮސްނިއާގެ ޑިފެންޑަރު ޓަރިކް މުހަރެމޮވިޗް ފައިގެ ކުޑަހުޅު މައްޗަށް އެރުމުން، އެއީ ނުރައްކާތެރި ކުޅުމެއް ކަމަށް ނިންމައިފައެވެ.
ކުއްލިއަކަށް އެ ރަތް ކާޑުގެ އެއް މެޗު ސަސްޕެންޝަން އަހަރެއް ދުވަހަށް ސަސްޕެންޑެޑް ބޭންއަކަށް ހަދަން ނިންމާފައިވުމާ އެކު އެކަމަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. ރޭ ބަލޮގަން ކުޅެފައިވާ އިރު، އެކަމުގައި ޓްރަމްޕް ވަނީ ފީފާ ރައީސް ޖިއާނީ އިންފަންޓީނޯއަށް ފޯން ކޯލެއް ކުރައްވައިފައެވެ. އަދި ޓްރަމްޕް އެވާހަކަ ވެސް ދައްކަވާފައި ވެސް ވެއެވެ.
އެ ވާހަކައިގެ ތެރެއިން ޓްރަމްޕް ވިދާޅުވެފައި ވަނީ އެއީ ފައުލެއް ނޫން ކަމަށާއި އޭނާ ރިޕްލައި ބެލި ކަމަށެވެ. އަދި އެ "ރެފްރީގެ ފަތިފުށް ބެލީމަ ޝައްކުވާ ކަންކަން ފެންނާނެ،" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އެހެންވެ، ހޯސްޓް ގައުމުގެ ރައީސް ވިދާޅުވުމާ އެކު ފީފާއަށް ވަގުން ރެފްރީގެ އިންސާފުވެރިކަމާއި އިހުލާސްތެރިކަން ދިފާއު ކުރަން ޖެހުނެވެ.
"ފީފާއިން ދެކޭ ގޮތުގައި ރަފޭލް ކްލައުސްއަކީ ދުނިޔޭގެ އެންމެ ޕްރޮފެޝަނަލް އަދި ފީފާގެ އެންމެ އިސް އެއް ރެފްރީ. އެއީ ފީފާ އެލީޓް ގްރޫޕްގެ މުހިއްމު މެމްބަރެއް. މުޅި ކެރިއަރުގައި އޭނާއަކީ އިހުލާސްތެރި، އިންސާފުވެރި، ޕްރޮފެޝަނަލް އެންމެ މަތީ ސްޓޭންޑާޑުގެ ރެފްރީއެއް،" ފީފާއިން ބުންޏެވެ.
އެކަމުގައި ފީފާގެ އުސޫލުތައް އޮންނަ ގޮތުން ރެފްރީއަށް މީޑިއާއަށް ވާހަކަ ނުދެއްކޭނެ ކަމަށް ފީފާއިން ބުނެފައިވާ އިރު، އިންފަންޓީނޯ ވިދާޅުވީ ރެފްރީންނަށް އިހުލާސްތެރިވާން ޖެހޭނެ ކަމަށެވެ.
ކްލައުސްއަކީ ކެރިއަރުގައި 600 އަށްވުރެ ގިނަ މެޗުގައި ރެފްރީކަން ކޮށްފައިވާ ރެފްރީއެކެވެ. އޭނާގެ ދިފާއުގައި ފީފާގެ ރެފްރީން ހެޑް، ޕިއޭލުއީޖީ ކޮލީނާ ވެސް ވިދާޅުވީ ކްލައިސްއަކީ އޭނާގެ ފުރިހަމަ އިތުބާރު އޮތް ރެފްރީއެއް ކަމަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް