މިރޭ ވޯލްޑް ކަޕް ގަދަ 16 ގައި ސްޕެއިނާއި ޕޯޗުގަލް ވާދަކުރާ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުމަށްވުރެ ނުކުޅުނިއްޔާ ކިތަންމާވެސް ރަނގަޅު ކަމަށް ސްޕެއިންގެ ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.
ސްޕެއިނާއި ޕޯޗުގަލް، މުބާރާތުގެ ގަދަ 16 ގެ މެޗަށް މިރޭ ނުކުންނަ އިރު، ދެޓީމުން އެންމެފަހުން ކުޅުނު ފާހަގަކޮށްލެވޭ މެޗަކީ މިއަހަރު ނޭޝަންސް ލީގު ފައިނަލެވެ. އެމެޗުގެ ފުރިިހަމަ ވަގުތު ހަމަވި އިރު، 2-2 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި މޮޅުވީ ޕޯޗުގަލްއެވެ.
ސްޕެއިންގެ ކޯޗު ޑެ ލަ ފުއެންޓޭ ބުނީ މިރޭ މެޗުގެ ކުރިން އެ މެޗަށް ވިސްނައި، އެ މެޗު ދިރާސާ ކުރި ކަމަށެވެ.
"އަހަރެން އަލުން އެ މެޗު ބަލައިފިން. މިދިޔަ ހަފުތާގައި އަހަރެން އެމެޗު ރިވިއުކުރިން. އެ މެޗު އަހަރެން ރިވިއުކުރީ އިދިކޮޅަށް ކުޅޭ ޓީމުގެ ކަންކަން ކައިރިން ބަލަން. އެ ތަފްސީލުތައް ބަލައިގެން އަހަރެމެންނަށް ތަފާތެއް ގެނެވިދާނެ. އިދިކޮޅު ޓީމު ރަނގަޅަށް ދަސްވިވަރެއް އެއީ ކުރާނެ ބޮޑު ފައިދާއެއް. ކޮންމެ ޓީމެއްގައިވެސް ބަލިފައެއް ނޫނީ ގަދަ ދިމާތަކެއް ހުންނާނެ،" ޑެ ލަ ފުއެންޓޭ ބުންޏެވެ.
ނޭޝަންސް ލީގު ފައިނަލުގައި ސްޕެއިން ކޮޅަށް ގޯލް ޖެހި އެއް ކުޅުންތެރިޔަކީ އުމުރުން 41 އަހަރުގެ ޕޯޗުގަލް ކެޕްޓަން ރޮނާލްޑޯއެވެ. ރޮނާލްޑޯއާ ގުޅިގެން ޑެ ލަ ފުއެންޓޭ ބުނީ، އަދިވެސް އެއީ މެޗުގައި ގޮތް ނިންމާނެ ކުޅުންތެރިއެއް ކަމަށެވެ.
"ރޮނާލްޑޯއަކީ އަދިވެސް ދަނޑުމަތީގައި އަދާކުރަން ޖެހޭ ޒިންމާ ފުރިހަމައަށް އަދާކުރާނެ ކުޅުންތެރިއެއް. ކޮންމެ ވަގުތަކުވެސް މެޗު ބަދަލުކޮށްލާނެ ޑިސައިސިވް ކުޅުންތެރިއެއް. އެހެންވީމަ ރޮނާލްޑޯއަށް އަދިވެސް ވިސްނަން ޖެހޭނެ. ސަމާލުވާންވެސް ޖެހޭނެ. މެޗުގައި އޭނާ ކުޅޭނެ، އެކަމަކު އަހަންނަށް ރަނގަޅީ ރޮނާލްޑޯ ނުކުޅެފިއްޔާ،" ޑެ ލަ ފުއެންޓޭ ބުންޏެވެ.
ސްޕެއިނާ ޕޯޗުގަލް ވާދަކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 12:00 ގައެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް