ކުރިން ފީފާ ދުނިޔޭގެ ފުޓުބޯޅަ ރޭންކިން އެއްވަނައިގައި އޮތް ފްރާންސް ދެ ދަރަޖަ ފަހަތަށް ވެއްޓުމާއެކު، އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން އެއްވަނައަށް ޖެހިލައިފިއެވެ.

މިއީ މިދިޔަ އަހަރު ޖުލައި މަހުގެ ފަހުން އާޖެންޓީނާއިން ދުނިޔޭ ރޭންކިންގެ އެއްވަނައަށް ޖެހިލި ފުރަތަމަ ފަހަރެވެ. އާޖެންޓީނާ އެ މަގާމަށް ޖެހިލީ ވޯލްޑް ކަޕްގެ ކުރިން ކުޅުނު ވާމް އަޕް ދެމެޗުގައި އައިސްލެންޑާއި ހޮންޑޫރަސް ބަލިކުރުމާއެކުގައެވެ.

މިވަގުތުވެސް ދުނިޔޭ ރޭންކިން ދެވަނައިގައި ސްޕެއިން އޮތް އިރު، އެއީ ކުރިންވެސް އެޓީމު އޮތް މަގާމެވެ. ފްރާންސް ވެއްޓިފައި ވަނީ ވޯލްޑް ކަޕަށް ވާމް އަޕް ކުރުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ ދެމެޗުގެ ތެރެއިން އައިވޮރީ ކޯސްޓާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމާއެކުގައެވެ. އެޓީމުން ދެން ކުޅުނު މެޗުގައި ނޮދަން އަޔަލޭންޑް ބަލިކޮށްފައިވެއެވެ.

އާޖެންޓީނާ، ސްޕެއިންގެ އިތުރުން ފްރާންސާއެކު ދެން ގަދަ ފަހެއްގައި އޮތް ރޭ ފެށި ވޯލްޑް ކަޕަށް ވާދަކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޕޯޗުގަލްއާއި އިންގްލެންޑެވެ.