ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ)، މެންބަރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ.
މަޖިލީހުން އިދާރާއިން މިރޭ ބުނީ ސޯބެ ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ ހޯމަ ދުވަހުގެ ހެނދުނު މަޖިލީހުގެ އިދާރާގައި ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި- އިލެކްޝަނަކީ، އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި ޕީއެންސީގެ އަހުމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަން ހާމަވެ، އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ބޭއްވި އިންތިހާބެކެވެ.
އެ ބައި-އިލެކްޝަންގައި ސޯބެ ކުރި ހޯއްދެވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އަހުމަދު ސައީދު (ސޮޑާ) އާ ވާދަކުރައްވައި 62 ވޯޓުގެ ތަފާތަކުންނެވެ. ސޯބެއަށް 1,375 ވޯޓު ލިބިވަޑައިގެންނެވިއިރު، ސޮޑާއަށް ލިބިވަޑައިގަތީ 1,313 ވޯޓެވެ.
މުހައްމަދު އިޝާން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް