ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށްފިއެވެ.
ފުލުހަށް މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ. އެ މައްސަލައާ ގުޅިގެން ތުހުމަތުވާ ފުުލުސް މީހާ ވަނީ ސަސްޕެންޑުކޮށްފައެވެ. ފުލުހުން އެފަހަރު ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކުރަމުންދާ ކަމަށެވެ. އަދި އެ ފުލުސް އޮފިސަރާ ގުޅޭ އިދާރީ މައްސަލަ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން ވަކިން ބަލަމުންދާ ކަމަށެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ އާދިއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް، ފުލުހުންގެ ވަޒީފާއިން އޭނާ ވަނީ ސަސްޕެންޑް ކޮށްފައިކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް