ތ. ތިމަރަފުށީ ފަޅުގައި އޮތް ލޯންޗެއްގައި ރޯވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ބުނީ ތިމަރަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އަލިފާން މިހާރު ކޮންޓްރޯލުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ބިދޭސީ ބަންގްލަދޭޝްއަށް ނިސްބަތްވާ 28 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމީހާ އިތުރު ފަރުވާއަށް ތ. ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ.