ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުން ފާހަގަކުރުމަށް ބާއްވާ ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގެ ޓިކެޓް އަގުހެޔޮ ކުރަން ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.
ޑައިމަންޑް ޖުބިލީ މުބާރާތް މިމަހު އެއްވަނަ ދުވަހު ފަށާފައިވާ އިރު، ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝްއާއި ޕާކިސްތާން އަދި އަފްގާނިސްތާނެވެ. އެ މުބާރާތުގައި ފުރަތަމަ ބަންގްލަދޭޝްއާއި ޕާކިސްތާން ކުޅުނު މެޗު އެއްވަރުވި އިރު، އަފްގާނިސްތާނުން ވަނީ ދެވަނަ މެޗުގައި ރާއްޖެ ކައިރިން 1-0 އިން މޮޅުވެފައެވެ.
މިހާތަނަށް ކުޅުނު ދެމެޗަށް ބަލާއިރު، މުބާރާތަށް ވަދެފައިވާ ސަޕޯޓަރުންގެ އަދަދު ފެނުނީ މަދުކޮށެވެ. ރާއްޖެ ކުޅުނު މެޗަށްވެސް އެކަށީގެންވާ އަދަދަކަށް ސަޕޯޓަރުން ވަދެފައިވާތަނެއް ނުފެނެއެވެ.
މިފަހަރު މުބާރާތުގައި ރާއްޖެ ކުޅުނު މެޗަށް 1028 ސަޕޯޓަރުން ވަދެފައިވާ އިރު، ބަންގްލަދޭޝްއާއި ޕާކިސްތާން ވާދަކުރި މެޗަށް ވަނީ 1200 ސަޕޯޓަރުންނެވެ. އެއީ ރާއްޖޭގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މެޗުތަކާ ބަލާފައިވެސް ދަށް އަދަދެކެވެ.
އެފްއޭއެމްއިން ފުރަތަމަ ޓިކެޓް ވިއްކީ، ސިޑިބަރީގެ ޓިކެޓް، 100 ރުފިޔާއަށް އަދި ގޮނޑިބަރީގެ ޓިކެޓް 200 ރުފިޔާއަށެވެ. ސިޑިބަރީގެ ޓިކެޓް މިހާރު 50 ރުފިޔާއަށް ހަދާފައިވާ އިރު، ގޮނޑިބަރީގެ ޓިކެޓުގެ އަގު ވަނީ 100 ރުފިޔާއަށް ކުޑަކޮށްފައެވެ.
މުޙައްމަދު ޝަމްޢޫން
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ