ރެއާލް މެޑްރިޑުގެ އާ ކޯޗަކަށް ހަމަޖެއްސި ޖޯސޭ މޮރީނިއޯ، އެ ކްލަބާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މީގެ ކުރިންވެސް ރެއާލަށް ކޯޗުކަން ކޮށްދީފައިވާ މޮރީނިއޯ އަލުން އެ ކްލަބާ ހަވާލުވެފައި ވަނީ 13 އަހަރަށްފަހުއެވެ. ހަބަރުތައް ބުނީ ރެއާލުން މޮރީނިއޯ ރަސްމީކޮށް އިއުލާނުކުރާނީ އެ ކްލަބުން އިއުލާނު ކޮށްފައިވާ ރައީސްކަމުގެ އިންތިހާބަށް ފަހު ކަމަށެވެ.
ރެއާލް މެޑްރިޑްގެ އެންމެފަހު ދެ ސީޒަންވެސް ހުސް އަތާ ނިންމާލަން ޖެހިފައިވުމާއެކު އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ އިންތިހާބު އިއުލާނު ކޮށްފައެވެ. އެއާއެކު ޕެރޭޒާ ވާދަކުރުމަށް އެންރިކޭ ރިކެލްމޭ ވަނީ އިއުލާނު ކޮށްފައެވެ.
މޮރީނިއޯ މިދިޔަ ސީޒަނުގައިވެސް ހުރީ އޭނާގެ އުފަން ގައުމު ކަމަށްވާ ޕޯޗުގަލް ލީގުގެ ބެންފިކާގެ ކޯޗުކަމުގައެވެ. އެއީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ހެދި ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މޮރީނިއޯ ރެއާލަށް ސޮއިކުރީ އެ އެއްބަސްވުން އުވާލައިފައެވެ.
ފަހު ތާރީހެއްގައި ފެނުނު އެންމެ ކާމިޔާބު އެއް ކޯޗު މޮރީނިއޯ ވަނީ މީގެ ކުރިން 2010 އިން 2013 އަށް ރެއާލަށް ކޯޗުކަން ކޮށްދީފައެވެ. އެފަހަރު ލީގު ތަށްޓެއްގެ އިތުރުން ސުޕަ ކަޕާއި ކޮޕާ ޑެލް ރޭ ކާމިޔާބުކުރިއެވެ.
މޮރީނިއޯ ވަނީ މީގެ ކުރިން ޗެލްސީއާއި ޕޯޓޯގެ އިތުރުން ޓޮޓެންހަމްއާއި ގަލަޓަސަރާއި، މެންޗެސްޓާ ޔުނައިޓެޑަށްވެސް ކޯޗުކަން ކޮށްދީފައެވެ. ޕޯޓޯގައި މޮރީނިއޯ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރު، ޗެލްސީއާއެކު ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޔުނައިޓެޑާއެކު ޔޫރޮޕާ ލީގުވެސް މޮރީނިއޯ ކާމިޔާބުކުރިއެވެ.
ހޯސޭ މޮރީނިއޯ
ހޯސޭ މޮރީނިއޯ
ހޯސޭ މޮރީނިއޯ