އުތުރު އެމެރިކާގައި ފަށަން ތައްޔާރުވެފައިވާ ވޯލްޑް ކަޕް 2026 ގައި ކުޅެން ތައްޔާރުވެފައިވާ ނޭމާއަށް އަނެއްކާވެސް އަނިޔާއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
މީޑިއާތަކުން ބުނެފައި ވަނީ ނޭމާގެ ކުޑަ ކަޅުވާއަށް އަނިޔާވެފައިވާ ކަމަށެވެ. އެކަން ސަންޓޯސްއިން ޔަގީން ކޮށްދީފައިވާ އިރު، އެ ކްލަބުން ބުނީ ހާސްވާން ޖެހޭނެ ހާލަތެއް ނެތް ކަމަށެވެ. އަދި އަންނަ ހަފުތާގައި ބްރެޒިލް ޓީމާ ގުޅެންވާއިރަށް ނޭމާ އެއްކޮށް ފިޓްވާނެ ކަމަށްވެސް ސަންޓޯސްއިން ބުނެފައިވެއެވެ.
ސަންޓޯސްއިން ބުނީ ނޭމާގެ ކުޑަ ކަޅުވާ ކޮންމެވެސް ވަރަކަށް ދުޅަވެފައިވާ ނަމަވެސް އެއީ މާބޮޑު އަނިޔާއެއް ނޫން ކަމަށެވެ.
ނޭމާ މިފަހަރު ގައުމީ ޓީމަށް ނުކުންނަން ތައްޔާރު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމާ ދުރުގައި ހުރުމަށްފަހުއެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. 2023 ވަނަ އަހަރުން ފެށިގެން ނޭމާ ގައުމީ ޓީމަށް ކުޅެފައިނުވާ އިރު، ކާލޯ އެންޗެލޮޓީ ނޭމާ ވޯލްޑް ކަޕަށް ސްކޮޑަށް ނަގަން ނިންމި ނިންމުމަށް ބައެއް ފާޑުކިޔުންތައްވެސް އަމާޒުވެފައިވެއެވެ.
ނޭމާ މިފަހަރުގެ ވޯލްޑް ކަޕަށް ދާން ފިޓްވެފައި ވަނީ ސަންޓޯއަށް ބަދަލުވެގެންނެވެ. އޭގެ ކުރިން އަލް ހިލާލަށް ބަދަލުވެ ނާމާއަށް ރަނގަޅަށް ކުޅެވިފައެއް ނުވެއެވެ. އެއީ ބޮޑު އަނިޔާއެއްގެ ސަބަބުންނެވެ.
ސަންޓޯސްއަށް ދިޔަފަހުންވެސް ނޭމާއަށް އަނިޔާތައް ކުރިމަތިވި ނަމަވެސް ވޯލްޑް ކަޕަށް ފިޓްވާން ވަނީ ގިނަ މަސައްކްތަކެއް ކޮށްފައެވެ.
ބްރެޒިލުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗަށް ނުކުންނާނީ ޖޫން 13 ވަނަ ދުވަހު ނިއު ޖާޒީގައެވެ. އޭގެފަހުން ދެން ކުޅެން ޖެހޭނީ ހެއިޓީއާއި ސްކޮޓްލޭންޑާ ދެކޮޅަށެވެ.
ނޭމާ
ނޭމާ
ނޭމާ