ބްރެޒިލްގެ ސުޕަ ސްޓާރު ނޭމާ، 90 މިނެޓް ކުޅެންވެސް ފިޓްކޮށް ހުރި ކަމަށް ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.
އަނިޔާގެ މައްސަލަތައް ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދާ ނޭމާއަށް މިފަހުން އަނިޔާވީ ފައިނަލް ސްކޮޑަށް އޭނާ ނެގިފަހުންނެވެ. އެއީ މިދިޔަ މަހު ފަހުކޮޅުގައެވެ. މިފަހަރު އަނިޔާވެފައި ވަނީ ނޭމާގެ ކުޑަކަޅުވާއަށެވެ. ނޭމާ އެ ހާލަތުގައި ހުރި ނަމަވެސް ގްރޫޕް ސްޓޭޖުގެ ތެރެއިން ފިޓްވާނެ ކަމަށް ލަފާކޮށް ކޯޗު ކާލޯ އެންޗެލޮޓީ ވަނީ ނޭމާ ސްކޮޑަށް ނަގައިފައެވެ.
ބްރެޒިލުން ފުރަތަމަ ކުޅުނު މެޗުގައި މޮރޮކޯ ކައިރިން 1-1 އިން އެއްވަރުވި އިރު، ދެން ކުޅުނު މެޗުގައި ހެއިޓީ ކައިރިން 3-0 އިން ވަނީ މޮޅުވެފައެވެ. އެ ދެމެޗުގައިވެސް ނޭމާ ފެނިގެން ނުދެއެވެ. އެއީ އަނިޔާއިން ރަނގަޅު ނުވާތީއެވެ. ގްރޫޕް ސްޓޭޖުގެ ފަހުު މެޗަށް މިރޭ ބްރެޒިލުން ނުކުންނާނީ ސްކޮޓްލޭންޑާ ދެކޮޅަށެވެ.
"ނޭމާ ފިޓް. މި ހަފުތާ ނޭމާ ވަނީ ޓީމާއެކު ވަރަށް ރަނގަޅަށް ތަމްރީނުވެސް ކޮށްފައި. އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ނޭމާ އެނބުރި ޓީމާ ގުޅުމަކީ. އޭނާއަކީ އެންމެ ކޮލިޓީ ރަނގަޅު އެއް ކުޅުންތެރިޔާ. ހާފް ޓައިމްއިން ފެށިގެން ނޫނީ، ފުލް 90 މިނެޓް ކުޅެންވެސް ނޭމާ ފިޓް،" އެންޗެލޮޓީ ބުންޏެވެ.
ބްރެޒިލުން އެންމެފަހުން ކުޅުނު މެޗުގައި ރަފީނިއާއަށް އަނިޔާވެފައިވާ އިރު، އެންޗެލޮޓީ ބުނީ ސްކޮޓްލޭންޑާ ދެކޮޅަށް އޭނާ ނުފެންނާނެ ކަމަށެވެ. އެންޗެލޮޓީ ބުނީ އޭނާ ނެތްތައް ފޫބައްދަން ވިސްނައި، އެކަމަށް ގޮތް ނިންމާފައިވާ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަމުން ބްރެޒިލްގެ ތަޖުރިބާކާރު ކޯޗު އެންޗެލޮޓީ ބުނީ، ބްރެޒިލާ ދެކޮޅަށް ނުކުންނަ ސްކޮޓްލޭންޑް އަތުގައި ފުރިހަމަ ޕްލޭނެއް އޮންނާނެ ކަމަށާއި، އެ ޕްލޭން ކާމިޔާބުވިޔަ ނުދޭން ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި ފުރިހަމަ މެޗެއް ކުޅެ ގްރޫޕް ސްޓޭޖު ނިންމާލުމަކީ މުހިއްމު ކަމެއް ކަމަށްވެސް އެންޗެލޮޓީ ފާހަގަކުރިއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް