ހުޅުމާލެ ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
މެރިން ފުލުހުން ރޭ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިއްޔެ 18:30 އެހާކަންހާއިރު ހުޅުމާލެގެ ސްޓެލްކޯއާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ.
އެ މީހާ ހޯދުމުގެ މަސައްކަތް މެރިން ފުލުހުންނާއި ކޯސްޓް ގާޑުން ކުރަމުންދާ ކަމަށެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ހުޅުލޭ ސީ ޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި ފަޅުވެރިޔާ ހޯދަމުން ދަނިކޮށް، ސީ ޕްލޭން ޓާމިނަލްގެ ފަޅުތެރެއިން ފެނިފައިވާ ކަމަށެވެ.
ފުލުހުން މިއަދު ބުނީ އެ ހާދިސާގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ހެނދުނު 8:25 ހާއިރު މޫދުއަޑިން އޭނާގެ ހަށިގަނޑު ފެނުމުން، ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މީހާ މަރުވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މަރުވެފައިވަނީ ކ.ގުރައިދޫ / ރަތްވިލާގެ، އިބްރާހިމް ޝާކިރު (48 އަހަރު)އެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
މުހައްމަދު އިޝާން
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް