މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އަދި 25 މިސްކިތެއްގައި އަލްހާ އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭގައި އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00 ކަމަށެވެ.

މިނިސްޓްރީން ވަނީ އީދު ނަމާދު ކުރާނެ މައިދާންތަކާއި މިސްކިތްތަކުގެ ލިސްޓު ވެސް އާންމުކޮށްފައެވެ.

މާލޭގައި އީދު ނަމާދު ކުރާ މިސްކިތްތަކާއި ބޮޑު ޖަމާއަތުގައި ކުރާ ސަރަހައްދު:

  • މާފަންނު ސްޓޭޑިއަމް (ބޮޑުޖަމާއަތް)
  • އިސްލާމީ މަރުކަޒު
  • މަސްޖިދުލްމަލިކި ސަލްމާން
  • މަސްޖިދުލްފުރުގާން
  • މަސްޖިދުއްނޫރު
  • މަސްޖިދުއްޝަހީދު އަލީ
  • ތައިބާ މިސްކިތް
  • ދުބުރި މިސްކިތް
  • ފަނޑިޔާރު މިސްކިތް
  • ބަންޑާރަ މިސްކިތް
  • މަސްޖިދު ސަލާހުއްދީން
  • މަސްޖިދު ޖަލާލުއްދީން
  • މަސްޖިދު އިބްރާހީމް
  • މަސްޖިދު އިސްކަންދަރު
  • މަސްޖިދު ޔޫސުފުލްބަރުބަރީ
  • ރަންމިސްކިތް
  • ފައިފުހޭ މިސްކިތް
  • މާފަންނު އާމިސްކިތް

ވިލިމާލެ އާއި ހުޅުމާލޭގައި އީދު ނަމާދު ކުރާ މިސްކިތްތަކާއި ބޮޑު ޖަމާއަތުގައި ކުރާ ސަރަހައްދުތައް:

  • ވިލިމާލެ ބޮޑުޖަމާއަތް (ވިލިގިލި ބޯޅަދަނޑު)
  • މަސްޖިދުއްސަލާމް (ވިލިމާލެ)
  • ހުޅުމާލެ ބޮޑުޖަމާއަތް (ސިންތަޓިކް ޓްރެކް) (ހުޅުމާލެ ފޭސް 1)
  • ހުޅުމާލެ ބޮޑުޖަމާއަތް (ކުޅިވަރު އެކުވެނި / ސްޕޯޓްސް ކޮމްޕްލެކްސް) (ހުޅުމާލެ ފޭސް 2)
  • މަސްޖިދުއްޝައިހް ގާސިމް ބިން މުހައްމަދު އާލް ޘާނީ (ހުޅުމާލެ ފޭސް 1)
  • މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)
  • މަސްޖިދު އަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1)
  • މަސްޖިދު އަޞްދިޤާ (ހުޅުމާލެ ފޭސް 1)
  • މަސްޖިދުލްވާލިދައިނި (ހުޅުމާލެ ފޭސް 1)
  • މަސްޖިދު ހަސަން އާދަމް (ހުޅުމާލެ ފޭސް 2)
  • މަސްޖިދު ޢުޘްމާން ބިން ޢައްފާން (ފޭސް 2 ހުޅުމާލެ)