ފިތުރު އީދާއި އަލްހާ އީދު ފާހަގަކުރުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ދީނީ އަދި ސަގާފީ ހަމަތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށްޓަކައި އިސްލާމިކް މިނިސްޓްރީން އެކަމާ ގުޅޭ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މީޑިއާތަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އަންނަ ހިޖުރީ އާ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދެ އީދު ފާހަގަކުރާނެ ގޮތުގެ ތަފުސީލީ ޕްލޭނެއް މިނިސްޓްރީގެ ހާއްސަ ކޮމިޓީއަކުން މިހާރު ތައްޔާރުކުރަމުންދާ ކަމަށެވެ.
އެ ޕްލޭންގެ މައިގަނޑު މަގުސަދަކީ އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އީދުގެ އުފާފާޅުކުރުންތައް އިންތިޒާމުކުރުންކަމަށް ޝަހީމް ވިދާޅުވިއެވެ.
އެ ޕްލޭންގެ ދަށުން ރަށު ކައުންސިލްތަކާ މަޝްވަރާކޮށްގެން އީދު ހަރަކާތްތައް ރޭވުމާއި، އިސްލާމީ ދައުވަތު ފަތުރާ މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުން ހިމެނެއެވެ. އަދި ސިޓީތަކުގައި ހާއްސަ ބޮޑެތި އިވެންޓްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އީދު ފާހަގަކުރުމުގެ ޕްލޭންގައި މިނިސްޓްރީ ފޯ ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްއާ ގުޅިގެން މަސައްކަތް ކުރުންވެސް ހިމެނެއެވެ.
ޝަހީމް ވިދާޅުވީ އީދުގެ އުފާ ފާޅުކުރާއިރު މުސްލިމުންގެ ރިވެތި އަހުލާގާއި އިސްލާމީ ސަގާފަތަށް ބުރުނާރާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ.
މުހައްމަދު އިޝާން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު