އީދު ފާހަގަކުރުމުގެ ނަމުގައި ދެޖިންސު މަސްހުނިވެގެން ކުޅިވަރުކުޅުމާ ދުރުހެލިވާން އީދު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
މިއަދުގެ އީދު ހުތުބާގައި ބުނީ އީދު ދުވަހަކީ މުޅި އަހަރުގައި ވެސް އަންނާނެ އެންމެ މާތް ދުވަސް ކަމަށް ބައެއް އިލްމުވެރީން ދެކެވަޑައިގަންނަވާ ކަމަށެވެ. މި ދުވަހުގެ މާތްކަމާއި މަތިވެރިކަމާ އެކުވެސް އީދުގެ ދުވަސްތަކަކީ، މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅެން އޮތް ދުވަސްތަކެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
"ނަމަވެސް އީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަ ކުރުމާއި މަލާމާތް ކުރުމާއި އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެނދުން އެޅުމާއި ދެޖިންސު މަސްހުނިވެގެން ކުޅިވަރުކުޅުމާއި މިކަންކަމުން ދުރުހެލިވާން ޖެހޭނެއެވެ، ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ އީދުގެ އެންމެހައި ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲއަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިއާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއް ކަމަށެވެ.
އަދި އީދުގެ އުފާ ފާޅުކުރާ އިރު، އިސްލާމީ ސަގާފަތާ ހިލާފު، އިސްލާމީ ޝަރުއީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
އަލްހާ އީދު
އަލްހާ އީދު
އަލްހާ އީދު