ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް މަރުވި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ މަރުގެ ހާދިސާ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި މަހުދީ މަރުވީ، ގެއްލުނު މީހުން ހޯދުމުގެ ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ.
ފުލުހުން މިރޭ ބުނީ މަހުދީ ނިޔާވާން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި މިހާރު ވަނީ ތަހުގީގު ފަށާފައި ކަމަށެވެ.
ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި ހާދިސާގައި ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިން ހޯދުމުގެ މަސައްކަތް މަހުދީގެ މަރަށްފަހު ވަގުތީ ގޮތުން މެދުކަނޑާލިއެވެ. ނަމަވެސް، ފަހުން ފިންލެންޑްގެ ތިން ޑައިވަރަކު ގުޅިގެން ކުރި މަސައްކަތުން، ހޮހޮޅައިގެ ތެރޭގައި ތާށިވެފައި ތިބި އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ވަނީ ނަގައިފައެވެ.
މި ހާދިސާގައި މަރުވެފައިވަނީ:
- މޮނިކާ މޮންޓެފަލްކޯން (52 އަހަރު)
- ޖިއޯޖިއާ ސޮމަކާލް (20 އަހަރު)
- މުރީއެލް އޮޑެނިނޯ (31 އަހަރު)
- ޖިއަންލުކާ ބެނެޑެޓީ (44 އަހަރު އިންސްޓްރަކްޓަރު)
- ފެޑެރީކޯ ގުއަލްޓިއަރީ (31 އަހަރު)
މީގެ ތެރެއިން ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހޮހޮޅައިގެ ދޮރުމަތިންނެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް