މާލެއަށް ދަތުރުކުރަމުން ދަނިކޮށް ފަޅައިގެން ދިޔަ ލޯންޗުގައި ތިބީ ވަަތަނީ ހިދުމަތުގެ ދަރިވަރުންކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ މާފިލާފުށިން، މާލެއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސްފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ، މެރިން ޕޮލިހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ ލޯންޗުން ދަތުރުކުރި މީހުން ސަލާމަތް ކުރުމަށް، މެރިން ޕޮލިސްގެ ދެ ލޯންޗެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފުން މިރޭ ބުނީ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން ކޯސް - 2 ގެ ދަރިވަރުން ގޮވައިގެން މާފިލާފުށިން، މާލެއަށް ދަތުރުކުރި އެއް ލޯންޗު، ހުޅުމާލެއާ ހިސާބުން ފަޅައިގެން ގޮސްފައިވާ ކަމަށެވެ.
އެ ލޯންޗު ދިޔަވެ އަޑިއަށް ދާތީ، އެ ލޯންޗުގައި ތިބި ކުދިން ވަނީ ކަނޑަށް ބާލާފައިކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މުހައްމަދު އިޝާން
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް