އަލިމަތާ ކައިރީ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަނިކޮށް ގެއްލިގެން ހޯދަމުން ދާ އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު އެތަނުގެ ތެރެއިން ފެނިއްޖެއެވެ.
ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަނީ ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންނާއި އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެންނެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ މިއަދު ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ވަނީ ލޮކޭޓްކުރެވިފައިވާ ކަމަށެވެ.
އަދި ގެއްލުނު ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ހޮހަޅައިގެ ތެރެއިން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
"ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ކުރުމަށް ވަނީ ރޭވިފައި،" އެމްއެންޑީއެފުން ބުންޏެވެ. އިޓަލީ ސަރުކާރުން ފޮނުވި ފިންލޭންޑްގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމު ރާއްޖެ އައީ އިއްޔެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު