ޗެލްސީގެ ކޯޗުކަން ޒަބީ އެލޯންސޯއާ ހަވާލުކުރުމަށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އިތުބާރު ރިޕޯޓުތައް ބުނެފިއެވެ.
ސްކައި ސްޕޯޓްސްގެ އިތުރުން އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޮ ރޮމާނޯވެސް ރިޕޯޓު ކޮށްފައިވާ ގޮތުގައި ޗެލްސީން އެލޯންސޯ ގެންދަން އެއްބަސްވެފައި ވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގައެވެ. އަދި ޗެލްސީއާއި އެލޯންސޯއާ ދެމެދު މިދިޔަ ހަފުތާ ތެރޭގައިވެސް މަޝްވަރާތައް ކުރިއަށް ދިޔަ ކަމަށާއި، ސޮއިކުރުމުގެ މަރުހަލާ ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ނިމޭނެ ކަމަށްވެސް ރިޕޯޓުތައް ބުންޏެވެ.
ފަބްރީޒިއޯ ބުނެފައި ވަނީ އެލޯންސީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ލަންޑަނަށް ދާނެ ކަމަށެވެ.
ކުރިން ލިވަޕޫލްގެ އިތުރުން ބަޔާން މިއުނިކާއި ރެއާލް މެޑްރިޑަށް ކުޅުނު އެލޯންސޯ ކޯޗިންގައި ވިދާލީ ޖަރުމަނު ލީގުގެ ބަޔާން ލެވަކޫސަންއާއެކުގައެވެ. 2023-24 ވަނަ އަހަރު ސީޒަނުގެ ލީގު، އެއްވެސް މެޗަކުން ބަލިނުވެ ނަގާފައިވާ އިރު، އެ ސީޒަނުގެ ކަޕްވެސް ލެވަކޫސަންއިން ހޯދިއެވެ. އަދި ޔޫރޮޕާ ލީގުގެ ފައިނަލަށްވެސް ދަތުރުކޮށް ތާރީހު ލިޔެލާފައިވެއެވެ.
އޭގެފަހުން އެލޯންސޯ ރެއާލް މެޑްރިޑާ ހަވާލުވެ، މިދިޔަ ސީޒަނަށް ނުކުތީ އެ ކްލަބާ އެކުގައެވެ. އެހެން ނަމަވެސް ޖެނުއަރީ މަސް ތެރޭގައި ރެއާލުން ވަނީ އެލޯންސޯ މަގާމުން ދުރު ކޮށްފައެވެ.
ޗެލްސީން މި ސީޒަން ފެށީ އެންޒޯ މަރެސްކާއާ އެކުގައެވެ. ސީޒަން ތެރެއިން މަރެސްކާ ދުރުކޮށް، ލިއަމް ރޮސެނިއާ ކޯޗަކަށް ގެންގޮސްފައިވާ އިރު، ދާދިފަހުން އޭނާވެސް ވަނީ މަގާމުން ދުރުކޮށްފައެވެ. މިހާރު ހުރީ ވަގުތީ ކޯޗެކެވެ.
މިރޭ ޗެލްސީ ވަނީ އެފްއޭ ކަޕް ފައިނަލުގައި މެންޗެސްޓާ ސިޓީ ކައިރިން 1-0 އިން ބަލިވެފައެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ