އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ތާއީދުކުރައްވަނީ އެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި ސޯލިހު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސޯލިހު ވިދާޅުވީ މީކާއިލް އިންތިހާބަށް ނުކުމެވަޑައިގަތީ މީގެ ތިން މަސް ކުރިން ކަމަށެވެ. ނަމަވެސް ނަޝީދު އިންތިހާބަށް ނުކުމެވަޑައިގަތީ މާ ފަހުން ކަމަށްވާތީ، ކުރިންވެސް ނިންމަވާފައިވާ ގޮތަށް މީކާއިލަށް ތާއީދުކުރެއްވުމުގައި ސާބިތުވެ ހުންނެވީކަމަށް ސޯލިހު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ތާއިދު އޭރު އޮތް ގޮތަށް އޮތީ،" ސޯލިހު ވިދާޅުވިއެވެ.
ޗެއާޕާސަންގެ އިންތިހާބުގައި ނަޝީދުގެ ފެކްޝަނާއި ސޯލިހުގެ ފެކްޝަންގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ.
މީކާއިލްގެ ކެމްޕޭން ޓީމުގައި ސޯލިހުގެ ފެކްޝަނާއި އެ މަނިކުފާނުގެ ގާތް ބޭފުޅުން މަސައްކަތް ކުރައްވާ އިރު، ނަޝީދުއާއެކު މަސައްކަތް ކުރަމުންދަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ތާއީދުކުރައްވާ މީހުންނެވެ.
މުހައްމަދު އިޝާން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު