ޖަލަށްލާފައިވާ ދެ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި ރޭ ބޭއްވި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން، މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްމޫން ޖަލީލް (ލޫކަސް) ހިމެނޭހެން ތިން މީހަކު ބަންދުގައި ބޭތިއްބުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ
ނޫސްވެރިކަމުގެ ދިފާއުގައި އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން ކުރިއަށް ގެންދިޔަ އެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ޖުމްލަ 10 މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް މިއަދު ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން ހަތް މީހަކު ވަނީ ދޫކޮށްލާފައެވެ.
ކޯޓުން ވަނީ ލޫކަސްގެ ބަންދަށް 10 ދުވަސް ޖަހައިފައެވެ. ބާކީ ތިބި ދެ މީހުންގެ ތެރެއިން އެކަކަށް ފަސް ދުވަސް އަދި އަނެކަކަށް ތިން ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރު ކޮށްފައިވަނީ މުޒާހަރާގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާ ގުޅިގެން ކަމަށެވެ.
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން މިނިވަންކުރުމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ގޮވާލަމުންދާއިރު، މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅޭ ހުރަހެއްކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މުހައްމަދު އިޝާން
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް