އޮޅުވާލައިގެން މީހަކު ގެއަކަށް ގެންގޮސް، ރަހީނުކޮށް އަނިޔާކުރުމަށްފަހު ފޭރުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދު އިތުރު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ:

    • ށ. ޅައިމަގު، އަތަމާގޭ، އުމުރުން 35 އަހަރުގެ ފާރިޝް އަލީ ޝަރީފް،
    • ސ. ހިތަދޫ، ގަނޑުވަރު، އުމުރުން 30 އަހަރުގެ އައުސް އަލީ ހިލްމީ
    • މއ. އިރާކުމާގޭ، އުމުރުން 33 އަހަރުގެ މުހައްމަދު ނިޝާން ޖަލީލް

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ތިން މީހުން ވަނީ މީހަކަށް އޮޅުވާލައިގެން ގެއަކަށް ވައްދައި، ބިރުދައްކައި އަނިޔާކުރުމަށްފަހު އޭނާގެ އަތުގައި ހުރި ފައިސާއާއި ބައެއް ސާމާނު އަތުލާފައެވެ.

އަދި މި މީހުން ހައްޔަރުކުރި ކޮޓަރިން އަނިޔާ ލިބުނު މީހާގެ ފޯނާއި ގަޑި ފެނިފައިވެއެވެ.