ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހަކު މަރުވެފައިވާކަމަށް ބުނެވުނީ އޮޅުމަކުން ކަމަށާއި މަރުވެފައިވަނީ އެކަކު ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ މިއަދު 13:45 އެހާކަންހާއިރު ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެ މީހުން ހޯދުމަށް މަސައްކަތް ކުރަމުން ދިޔައިރު އެ ފަސް މީހުންވެސް މަރުވެފަ ތިއްބާ ފެނުނުކަމަށް ފުލުހުން ބުންޏެވެ. އެއީ އިޓަލީއަށް ނިސްބަތްވާ ފަސް ފަތުރުވެރިންކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ފުލުހުން މިރޭ ބުނީ ފަސް މީހަކު މަރުވެފައި ވަނިކޮށް ފެނިފައިވާކަމަށް ބުނެވުނީ އޮޅިގެން ކަމަށެވެ. ބާކީ ތިބި ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

ނުބައި މައުލޫމާތެއް ފުރަތަމަ ދެވުނީތީ މާފަށް އެދޭކަމަށް ފުލުހުން ބުންޏެވެ.