ސަންޓޯސްގެ ތަމްރީނުތަކުގެ ތެރޭގައި ރޮބީނިއޯގެ ދަރިފުޅު، ރޮބީނިއޯ ޖޫނިއާ އަނގަމަތީގައި ޖެހުމުން އެކަމުގައި ނޭމާ މައާފަށް އެދިއްޖެއެވެ.
ބްރެޒިލްގެ ސަންޓޯސްއިން ނޭމާގެ މައްސަލަ ބަލާފައި ވަނީ އުމުރުން 18 އަހަރުގެ ރޮބީނިއޯ ޖޫނިއާ އެކަމުގައި މައްސަލަ ހުށަހެޅުމުންނެވެ. ހަބަރުތައް ބުނެފައި ވަނީ ރޮބީނިއޯ ޖޫނިއާ އަނގަމަތީގައި ނޭމާ ޖެހީ ތަމްރީނުތަކުގެ ތެރެއިން ކައިރިން ނައްޓާލާފައި ދިޔުމުން އެކަމާ ނުރުހުން ވެގެން ކަމަށެވެ.
އެ މައްސަލައިގައި ނޭމާ ބުނީ، ރޮބީނިއޯ ޖޫނިއާއަށް ވަކިން މައާފަށް އެދި، މިހާރު ހުރިހާ ކަމެއް ހައްލު ކޮށްފައިވާނެ ކަމަށެވެ. އަދި މީޑިއާ ކުރިމަތީގައި މައާފަށް އެދެން ބޭނުންވެ، އެކަންވެސް ނޭމާ ކޮށްފައިވެއެވެ.
ސަންޓޯސްއިން އެންމެފަހުން ރެކޮލެޓާއާ ދެކޯޅަށް ކޮޕާ ސޫދާއެމެރިކާނާގައި ކުޅުނު މެޗުގައި ނޭމާ ގޯލް ޖަހާފައިވާ އިރު، އެމެޗުގައި ރޮބީނިއޯ ޖޫނިއާއާއެކު އުފާވެސް ފާޅުކޮށްފައިވެއެވެ. ނޭމާއާއި ރޮބީނިއޯ ޖޫނިއާގެ ބައްޕައަކީ އެކުގައި ބްރެޒިލް ގައުމީ ޓީމަށްވެސް ކުޅެފައިވާ ދެ ކުޅުންތެރިންނެވެ.
ނޭމާ އިތުރަށް ބުނީ، އޭނާއަށް ވިސްނާނުލެވި ގޯހެއް ހެދުނީ ކަމަށާއި، ކޮންމެ އިންސާނަކަށްވެސް ހާލަތުގެ ގޮތުން އެކަހަލަ ގޯހެއް ހެދިދާނެ ކަމަށެވެ.
ނޭމާ ބުނީ ރޮބީނިއޯ ޖޫނިއާއަކީ އޭނާ ވަރަށް ލޯބިވާ ހާއްސަ ކުޅުންތެރިއެއް ކަމަށާއި، އެކަން މީޑިއާއިން މާބޮޑު ކަމަކަށް ހެދި ނަމަވެސް، މިހާރު އެކަމުގައި ހުރިހާ ނުތަވަސްކަމެއް ގޮސްފި ކަމަށެވެ.
އަނިޔާއިން ރަނގަޅުވެ، ނޭމާ މަސައްކަތް ކުރަމުންދަނީ ވޯލްޑް ކަޕް 2026 އަށް ނަގައި ސްކޮޑުން ޖާގަ ހޯދުމަށެވެ.
ނޭމާ
ނޭމާ
ނޭމާ