ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން ރޭ ކުޅުނު މެޗުގައި ފަހުވަގުތު އޮސަސޫނާ ބަލިކޮށް، ލީގު ނެގުމާ ގާތަށް ޖެހިލައިފިއެވެ.
ރަށުން ބޭރުގައި ބާސާއިން ރޭ ކުޅުނު މެޗުގައި އޮސަސޫނާ ކައިރިން 2-1 އިން ހޯދި މޮޅާއެކު، އެޓީމުން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 34 މެޗުން 88 ޕޮއިންޓާއެކުގައެވެ. އެންމެ ގާތުން ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 33 މެޗުން ހޯދިފައި ވަނީ 74 ޕޮއިންޓެވެ. ބާސާއިން 14 ޕޮއިންޓްގެ ލީޑަކާއެކު އެއްވަަނައިގައި އޮތް އިރު، ރެއާލުން މިރޭ އެސްޕަނިޔޯލާ ދެކޮޅަށް ކުޅޭ މެޗުން މޮޅު ނުވެވުނަސް ބާސާއަށް ލީގު ޔަގީންވާނެއެވެ.
މެޗުގެ ފުރަތަމަ ކޮޅުގައި ބާސާއިން ބޮޑަށް ނުރައްކާ ކޮށްފައިވާ އިރު، ޑެނީ އޮލްމޯގެ ޕާހަކުން ރޮބާޓް ލެވަންޑޯސްކީއަށް ހުސްކޮށް ލިބުނު ބޯޅަ އޭނާއަށް ގޯލަށް އަމާޒުކޮށްލެވޭ ގޮތެއް ނުވިއެވެ. އޭގެފަހުން އޮލްމޯއަށްވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވާ އިރު، ހާފު ނިމެން ދަނިކޮށް އޮސަސޫނާގެ އަންޓޭ ބުޑްމީރަށްވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ.
ގޯލެއް ޖަހަން ބާސާއިން ކުރި މަސައްކަތް ކާމިޔާބުވީ 81 ވަނަ މިނެޓުގައެވެ. މާކަސް ރަޝްފޯޑުގެ ހުރަހަކަށް އަރައި ގޯލަށް ބޯޅަ ވައްދާލީ ލެވަންޑޯސްކީއެވެ. އެ ގޯލަށް މާގިނައިރެއް ނުވެ ފެރާން ޓޮރެސް ބާސާއަށް ލީޑު ފުޅާކޮސްދީފައިވާ އިރު، މެޗު ނިމެން ދަނިކޮށް އޮސަސޫނާގެ ހަމައެކަނި ގޯލް ޖެހީ ރުބެން ގާސިއާއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ