ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލި މުއްދަތު މިއަދު ހަމަވި އިރު، ކުރިމަތިލާފައިވަނީ ދެ ކެންޑިޑޭޓުން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އީސީން މިއަދު ބުނީ، ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު މިއަދު 15:00 އަށް ހަމަވެފައިވާ އިރު، އެ މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅާފައިވަނީ އެމްޑީޕީ އާއި ޕީއެންސީގެ ކެންޑިޑޭޓެއް ކަމަށެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ އަހުމަދު ސައީދު (ސޮޑާ) އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އީސީން ނިންމާފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް ސުޕްރީމް ކޯޓުން ސާބިތުވުމުންނެވެ.
އަލީ ޔާމިން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން