ވައިގެ މަގުން ރާއްޖެ އަށް ޑްރަގާއި މަނާ ބޭސްތަކެއް އެތެރެކުރި ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ޝިފުލް، 40، އާއި ސަޖިބް، 32، އެވެ.
ފުލުހުން ބުނީ އެ ދެ މީހުންނަކީ މިދިޔަ ބުދަ ދުވަހު، ޑްރަގާއި މަނާބޭސް ރާއްޖެ އަށް އެތެރެކުރިކަމުގެ ތުހުމަތުގައި ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ދެ މީހުން ކަމަށެވެ.
އެ މީހުން ރާއްޖެއަށް އެތެރެކުރި ޑްރަގްގެ ބަރުދަނުގައި 1،105 ގުރާމް ހުރި ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުން ގެނައި މަނާ ބޭހުގެ އަދަދެެއް ސާފެއް ނޫނެވެ.
އެ ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް