ހުޅުޖަހައި ލޫޓުވުމަށް ހިތްވަރުދިން ކަމުގެ ތުހުމަތުގައި، އެމްޑީޕީގެ އެކްޓިވިސްޓު އަލީ ޖުމާން މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖެހުމަށާއި ފިހާރައެއް ލޫޓުވުމަށް ހިތްވަރުދީ ގޮވާލި މައްސަލައެއްގެ ތުހުމަތުގައެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް، ކުއްޅަވައްގެ، އުމުރުން 25 އަހަރުގެ އަލީ ޖުމާންއެވެ. ފުލުހުން ބުނި ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ހިތްވަރުދީ ގޮވާލުމެވެ.
ފުލުހުން ބުނި ގޮތުގައި، ސޯޝަލް މީޑިއާ މެދުވެރިކޮށް މިފަދަ އަމަލުތަކަކަށް ހިތްވަރުދީ ގޮވާލި ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ އެ ހިދުމަތުން މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ރާއްޖޭގެ ސްޕްރީމް ކޯޓާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ހުޅުޖެހުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ޕޯސްޓެއްކުރި މައްސަލައިގައި ފުލުހުން ވަނީ ކުރީގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓް އަދި މި ސަރުކާރުގައި ކުރިން ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ ހަސަން ޒިހާން ވެސް ދާދި ފަހުން ހައްޔަރުކޮށްފައެވެ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް އިއްޔެ ހާޒިރުކުރުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް