އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވުމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެރިކަމަށް ގެނައުމަށް ނަޝީދު ކުރެއްވި ތާއީދަށް، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ތާއީދުކުރައްވައިފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާނެކަން ހާމަކުރައްވައި، ފައްޔާޒް ވެރިކަމަށް ގެންނަން ތާއީދުކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.
ނިޒާރު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ނަޝީދު ކުރިމަތިލައްވައި، ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނިންމެވި ނިންމެވުމަކީ އެމްޑީޕީން ކުރަމުންދާ ސިޔާސީ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ފައްޔާޒަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯދައިދިނުމަށް ނަޝީދު ނިންމެވި ނިންމެވުމަކީ އަގުހުރި ނިންމެވުމެއްކަމަށް ނިޒާރު ވިދާޅުވިއެވެ.
"ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕާޓީގެ ކުރީގެ ޗެއާޕާސަން އުސްތާޒް ފައްޔާޒް އިސްމާއީލަށް ރިޔާސީ ޓިކެޓް ހޯދަދިނުމަށް ތާއިދު ކުރަށްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވުމަކީ އަޅުގަނޑަށް ވަރަށްބޮޑަށް ތާއިދުކުރެވޭ އަގުހުރި ނިންމެވުމެއް. އުސްތާޒް ފާޔާޒް އަކީ ރާއްޖެއަށް ބޮޑެތި ސިޔާސީ އިސްލާހުގެންނަންޖެހޭ މިދަޑިވަޅުގައި ކެރިގެން އެކަންކުރެވޭނެ ގާބިލްކަންހުރި ސިޔާސީ ލީޑަރެއް. ދެބޭފުޅުންނަށްވެސް ކާމިޔާބީއަށް އެދެން" ނިޒާރު ވިދާޅުވިއެވެ.
"ބޮޑު ބަދަލު"ގެ ނަމުގައި ފައްޔާޒުއާއި ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބޮޑެތި ބަދަލުތަކެއްގެ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅުއްވައިފައެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ސަރުކާރު ހިންގާ ފަރާތަކީ ތަފާތު ދެ ބޭފުޅުން ކަމުގައި ކަނޑައެޅުމެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ، "މި ބަދަލު، މި ބޮޑު ބަދަލު ގެނައުމުގައި އަޅުގަނޑު ތާއީދުކުރަން ފައްޔާޒު އިސްމާއިލް އެއީ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް،" ކަމަށެވެ.
އެބޭފުޅުންގެ ހުށަހެޅުމުގައިވާ ގޮތުން ސަރުކާރު ހިންގާ ފަރާތް ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. ނަޝީދާއި ފައްޔާޒު ހުށަހެޅުއްވި މި އިސްލާހުތަކުގައި ދައުލަތުގެ އެންމެ މަތީވެރިޔާ ނުވަތަ "ރައީސުލްޖުމްހޫރިއްޔާ" ހޮވާ ގޮތަށްވެސް ބަދަލުތަކެއް ވަނީ ހިމަނައިފައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓަކުން ނޫން ކަމަށާއި، އެ މަގާމަށް ބޭފުޅަކު އައްޔަންކުރާނީ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ ވޯޓުން ކަމަށް ވަނީ ހުށަހަޅައިފައެވެ. ނަމަވެސް، ދައުލަތުގެ އެންމެ މަތީވެރިޔާ މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ ސީދާ ވޯޓަކުންކަމަށް އެ ހުށަހެޅުމުގައިވެއެވެ.
އެ އިސްލާހުތައް ގެނައުމަށްޓަކައި އެމްޑީޕީގެ އެތެރޭގެ ތާއީދު ހޯދުމަށް މަސައްކަތް ކުރައްވާނެކަމަށް ދެ ބޭފުޅުންވެސް ވިދާޅުވެފައިވެއެވެ.
ނަޝީދު ވިދާޅުވެފައިވަނީ އެ ބަދަލުތައް ގެންނަން 2028 އާ ހަމައަށް މަޑުކުރަން ބޭނުން ނުވާ ކަމަށާއި، އަންނަ ހަފުތާގައިވެސް މި ބަދަލުތައް ގެންނަން ބޭނުންވާ ކަމަށެވެ. އަދި އެކަން ހާސިލްކުރުމަށް ސީދާ ހަރަކާތް ހިންގަން ޖެހިއްޖެ ނަމަ، އެކަންވެސް ކުރައްވާނެކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
މުހައްމަދު އިޝާން
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
ޕްރައިމެރީގައި ރައީސްކަމަށް އިބޫ ވާދަކުރައްވަން ވާނެ އަދި ޗެއާޕާސަންކަމަށް މީކާއިލް ވާދަކުރައްވަން މަޖުބޫރު ވަރަށް ވަރަށްސާފް އިނގޭތޯ
ޖާނޭ - 2 މަސް ކުރިން
ޕްރައިމެރީގައި ރައީސްކަމަށް އިބޫ ވާދަކުރައްވަން މަޖުބޫރު އިބޫއާއި ޒިނޭމަތިކުރި ފޫވަށްރޫޅާ އަންނިސޮރަށް އިބޫދޫނުދެއްވާތި ވަރަށް ވަރަށްސާފް އިނގޭތޯ
ޖާނޭ - 2 މަސް ކުރިން