މިމަހު ހަތަރުވަނަދުވަހު ބޭއްވި ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ތަކާއި، ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ފެނޭތޯ ނެގި ވޯޓުގެ ތެރެއިން، ފެންނަ ނުފެންނަ ވޯޓުން ނިކުތް ނަތީޖާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނުން ނޫން ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދާ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، އެ އިންތިހާބުތަކުގެ ޕީއެންސީގެ ކެމްޕެއިން މެނޭޖަރުކަންވެސް ކުރެއްވި ފަލާހު ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓަކީ، ސަރުކާރަށް ތާއީދު އޮތްތޯ، ނުވަތަ ނެތްތޯ އެހި ވޯޓެއްނޫން ކަމަށެވެ. އެއީ ރާޖޭގެ ނިޒާމަށް ގެންނާން ފެންނަ ބަދަލެއް، ގެންނާން ފެނޭތޯ ނުވަތަ ނޫންތޯ ރައްޔިތުންކުރެން އެހި ވޯޓެއް ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
"ރެފަރެންޑަަމަކުން ބުނެއެއްނުދޭ އެއީ ރައީސް މުއިއްޒަކަށް، ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނިކަމަކަށް،" ފަލާހު ވިދާޅުވިއެވެ.
އެއީ ރައީސް މުއިއްޒަށް ތާއީދު އޮތްތޯ، ނުވަތަ ނެތްތޯ އެހި ވޯޓެއްނަމަ ހުރިހާ ރައްޔިތުން ވޯޓޫ ދޭނީ ޕީއެންސީއަށް ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ސިޔާސީ
ސިޔާސީ
ސިޔާސީ
ސިޔާސީ
އެބުނީ އާއެކޭތަ؟ އާއެކޭ ޖަހާފަ މާލެ ފުރެންދެން ހުރި އިސްތިހާރުތައް އެއީ ތިޔަ ޕާޓީން ޖަހާފަހުރި އެއްޗިހި. ދެން ނޫނެކޭ ބުނީމަ އެބުނީ ހަމަ ‘ނޫނެކޭ’ ނަތީޖާ އެނގުނީމަ ތިބާމެން ބުނީ ދޯ މިހާރު ދާންވީ މަގު ފެނިއްޖެއޭ. ދުފާއެއްޗިއްސޭ ނުކިޔާ ހައްޕުކިޔައިގެން ހުރިއްޔާ މާރަނގަޅުވާނެ.
ހުސައިންމަނިކު ރ. - 2 މަސް ކުރިން