އިންޓަ މިލާން އަދި އާޖެންޓީނާގެ ފޯވަޑް ލައުޓާރޯ މާޓިނޭޒަށް އަނެއްކާވެސް އަނިޔާވެއްޖެއެވެ.
އިންޓައިން ބުނީ މާޓިނޭޒްގެ ކުޑަކަޅުވާ މަސްގަނޑަށް އަނެއްކާވެސް އަނިޔާވެފައިވާ ކަމަށާއި، އެ އަނިޔާގެ ތަފްސީލުތައް ދަނީ ބަލަމުން ކަމަށެވެ. މާޓިނޭޒްގެ މަސްގަނޑަށް އަނިޔާވެފައި ވަނީ އޭނާ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރެފައި އެނބުރި އައިތާ މާގިނަ ދުވަހެއް ނުވެއެވެ. އެހެންކަމުން އެއީ އާޖެންޓީނާގެ އިތުރުން އިންޓައަށްވެސް ކަންބޮޑުވުމެކެވެ.
އިންޓަގެ ކެޕްޓަން މާޓިނޭޒް މިދިޔަ ހަފުތާ އާދީއްތަ ދުވަހު އެޓީމުން އޭއެސް ރޯމާ ކައިރިން 5-2 އިން މޮޅުވި މެޗުގައި މާޓިނޭޒް ވަނީ ދެ ގޯލު ޖަހައިފައެވެ. މާޓިނޭޒް މި ސީޒަނުގެ ލީގުގައި 16 ގޯލު ޖަހައި، ލީގުގެ ގޯލު ލިސްޓުގެ އެއްވަނައިގައި އޮތް އިރު، އިންޓަ އެއްވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑެއްގައެވެ.
މި ސީޒަނުގެ ލީގުގައި އިންޓައަށް ދެން ބާކީ އޮތީ ހަތް މެޗެވެ. ހަބަރުތައް ބުނީ އުމުރުން 28 އަހަރުގެ މާޓިނޭޒަށް ލިބުނު އަނިޔާގެ ސަބަބުން އިންޓައިން މި ހަފުތާ ކޯމޯއާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ ހަފުތާ ކަގްލިއަރީއާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެ ކަމަށެވެ.
މާޓިނޭޒަށް އަނިޔާވުން ވެގެންދާނީ އާޖެންޓީނާއަށްވެސް ކަންބޮޑުވުމަކަށެވެ. އެެޓީމުން ވޯލްޑް ކަޕް ތަށި ދިފާއުކުރަން މަސައްކަތް ކުރަމުންދާ އިރު، މާޓިނޭޒަކީ މިހާރު އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ.
އިންޓަ މިލާން
އިންޓަ މިލާން
އިންޓަ މިލާން
އިންޓަ މިލާން