އިޓަލީ ލީގުގެ އެއްވަނައިގައި އޮތް އިންޓަ މިލާނުން ރޭ ކުޅުނު މެޗުގެ ފަހު ކޮޅުގައި ގޯލްތައް ޖަހައިގެން ފިއޮރެންޓީނާ ބަލިކޮށްފިއެވެ.
އިންޓައިން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި 2-1 އިން ފިއޮރެންޓީނާ ބަލިކުރި އިރު، އެޓީމަށް ވަނީ މިހާތަނަށް އަށް މެޗުން 22 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި އޮތް ލާޒިއޯއިންވެސް މިހަފުތާގައި ކުޅުނު މެޗުގައި ޕާމާ ކައިރިން 2-1 އިން މޮޅުވި އިރު، އެޓީމަށްވެސް ވަނީ އަށް މެޗުން 22 ޕޮއިންޓް ލިބިފައެވެ.
ބޮޑަށް ނުރައްކާކުރާނެ ކަމަށް ބެލެވުނު އިންޓައަށް މެޗުގެ ކުރީކޮޅުގައި އުނދަގޫތަކާ ކުރިމަތިވެފައިވެއެވެ. އެގޮތުން މާކަސް ތުރާމް ފޮނުވާލި ހަމަލާ ޑޭވިޑް ޑެ ހެއާ މަތަކުރި އިރު، ޕިއޯ އެސްޕޮސިޓޯ ފޮނުވާލި ހަމަލާ ފިއޮރެންޓީނާއިން ސަލާމަތްކުރީ ރޮނގުމަތިން ކަހަލަ ގޮތަކަށެވެ. އޭގެފަހުންވެސް ފުރަތަމަ ހާފުގެ ފަހުކޮޅުގައިވެސް ތުރާމް ފޮނުވާލި ހަމަލާ މަތަކުރީ ޑެ ހެއާއެވެ.
ދެވަނަ ހާފުގައި މެޗުގެ އޮއިވަރާ ދެކޮޅަށް ލީޑު ނެގީ ފިއޮރެންޓީނާއެވެ. ނިކޮލޯ ފަގިއޯލީ ބޯޅަ ހޯދައިގެން ތަނަވަސްކުރި ފުރުސަތުގައި ފިއޮރެންޓީނާގެ ގޯލް ޖަހައިދިނީ އެލެކްސް ހިމެނޭޒްއެވެ. އެ ގޯލާއެކު ފިއޮރެންޓީނާ ލީޑު ނެގި ނަމަވެސް، އިންޓައިން ވަނީ އިތުރު ވަގުތުގައި ދެ ގޯލް ޖަހައިފައެވެ. 91 ވަނަ މިނެޓުގައި ތުރާމް ގޯލް ޖެހި އިރު، އިންޓަ މޮޅުވި ގޯލް ޕިއޮޓޯ ޒިއެލިންސްކީ ޖެހީ 98 ވަނަ މިނެޓުގައެވެ.
އިޓަލީ ލީގުގައި ރޭ ޔުވެންޓަސްއިން ކުޅުނު މެޗުގައި ލެޗޭ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި އުޑިނޭޒީއާއި އޭސީ މިލާން ވާދަކުރި މެޗު 2-0 އިން ކާމިޔާބުކުރީ އޭސީ މިލާނެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
ކޮމެންޓް