ސްޕެއިނާއި މިސްރު ވާދަކުރި ފީފާ އެކުވެރިކަމުގެ މެޗުގެ ތެރެއިން ސްޕެއިންގެ ބައެއް ސަޕޯޓަރުން އިސްލާމް ދީނަށް ހަޖޫ ޖަހާ ގޮތަށް ވާހަކަ ދައްކައި، ބައެއް ޗޭންޓްތައް ކިޔާފައިވާތީ އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފީފާއިން ބުނެފިއެވެ.
ބާސެލޯނާގެ އާރްސީޑީއީ ސްޓޭޑިއަމްގައި މިސްރާ ދެކޮޅަށް ސްޕެއިނުން ކުޅުނު މެޗު 0-0 އިން އެއްވަރުވި އިރު، މެޗުގެ ތެރެއިން ސްޕެއިންގެ ބައެއް ސަޕޯޓަރުން ވަނީ މުސްލިމުންނާއި އިސްލާމް ދީނަށް ފުރައްސާކުރާ ގޮތަށް ބައެއް ޗޭންޓްތައް ބޭނުން ކޮށްފައެވެ. އެއީ މިސްރުގެ ކުޅުންތެރީންނަށް އަމާޒުކޮށް ބޭނުންކުރި ޗޭންޓްތަކެއް ކަމަށް ބެލެވިފައިވެއެވެ.
ސްޕެއިންގެ ފުލުހުންވެސް މިހާރު މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، މެޗު ތެރެއިންވެސް ސްޓޭޑިއަމްގައި ވަނީ އެކަން ހުއްޓާލުމަށް އަންގައި، ދަނޑުގެ ސްކްރީންގައި މެސެޖެއް ހިއްސާކޮށްފައެވެ.
އެ މައްސަލައިގައި ސްޕެއިންގެ ތަރި ލެމީން ޔަމާލްވެސް ވަނީ އެކަން ކުރި ބަޔަކު ކުށްވެރިކޮށް، އިސްލާމް ދީނުގެ ދިފާއުގައި އަޑު އުފުލައިފައެވެ.
ފީފާއިން ބުނީ އެއީ ފެނިގެންވާނެ ކަހަލަ މަންޒަރެއް ނޫން ކަމަށާއި، މިހާރު މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި އަވަސް ނިންމުމެއް ނިންމާނެ ކަމަށްވެސް ފީފާއިން ބުނެފައިވެއެވެ.
މުޙައްމަދު ޝަމްޢޫން
ސްޕެއިން
ސްޕެއިން
ސްޕެއިން
ސްޕެއިން
މައްސަލަ ނުބަލާނެ. އެއީ ދައްކާލާ ދަޅައެއް.
ނުރަބޯ - 2 މަސް ކުރިން