އިނގިރޭސި ޕްރިމިއާގެ 17 ވަނައިގައި އޮތް ޓޮޓެންހަމްގެ ކޯޗުކަމުގައި ހުރި ކްރޮއޭޝިއާގެ އީގޯ ޓޫޑޯ، ދެފަރާތުން އެއްބަސްވެގެން މަގާމު ދޫކޮށްލައިފިއެވެ.
ޓޮޓެންހަމްއިން 1977 ވަނަ އަހަރު ފަހުން ރެލިގޭޓް ވެދާނެކަމުގެ ބިރު ހީވެފައި އޮތް އިރު، އެޓީމު ރެލިގޭޝަން ޒޯނަސް ނުވެއްޓި އޮތީ އެންމެ ޕޮއިންޓެކެވެ. އެ ހާލަތުގައި ޓީމު އޮތުމާއެކު ޓޫޑޯ މަގާމު ދޫކޮށްލީ އެންމެ ފަސް ހަފުތާ ކްލަބަށް ކޯޗުކަން ކޮށްދިނުމަށްފަހުއެވެ.
ޓޫޑޯ، މިދިޔަ މަހު ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވެފައި ވަނީ މިދިޔަ މަސް ތެރޭގައެވެ. އެއީ އެ ކްލަބުގެ ކޯޗުކަމުގައި ހުރި ތޯމަސް ފްރޭންކް މަގާމުން ދުރު ކުރުމުންނެވެ. ކްލަބުގެ ހާލަތު ރަނގަޅު ކުރުމަށް ޓޫޑޯ ހަވާލުވި ނަމަވެސް، އޭނާއަށް އެ ކްލަބާއެކު މޮޅު ވެވުނީ އެންމެ މެޗަކުންނެވެ. އެއީ ހަތް މެޗުންނެވެ.
ޓޮޓެންހަމްގެ ކޯޗުކަމުގައި ޓޫޑޯއަށް އަމިއްލަ ބައެއް ޗެލެންޖްތަކާ ކުރިމަތިވިއެވެ. އެގޮތުން މި މަސް ތެރޭގައި ޓޫޑޯގެ ބައްޕަ ނިޔާވެ، އެކަމުގެ ހިތާމައިގައި އޭނާ އުޅެފައިވެއެވެ.
އުމުރުން 47 އަހަރުގެ ޓޫޑޯއަކީ ކުރިން ލާޒިއޯއާއި ޔުވެންޓަސްއަށްވެސް ކޯޗުކަން ކޮށްދީފައިވާ ކޯޗެކެވެ.
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ