މިއަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވާކަން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ހާމަކުރައްވައިފިއެވެ.
ޖަލީލު، މިއަދުވަނީ އުއްޗުގެ އަރިހަށް ޒިޔާރަތް ކުރައްވައިފައެވެ. އެ ބައްދަލުވުން ބާއްވާފައިވަނީ ޗަމްޕާގިރީގައެވެ.
އެ ބައްދަލުވުމުގައި ޖަލީލަށް ތާއީދުކުރައްވާ ކަމަށާއި، އޭނާއަށް ވޯޓު ހޯދައިދޭން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން އުއްޗު ދެއްވިއެވެ.
ބައްދަލުވުމުގައި އުއްޗު ވިދާޅުވީ މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ގައުމީ ހިދުމަތުގެ އެެންމެ ފަހުރުވެރި ރެކޯޑެއް އޮތީ ޖަލީލުގެ ކަމަށެވެ. ޖަލީލުމެން ފަދަ ގައުމީ ހިދުމަތުގެ މަތީ ޝަރަފުގެ ޒިންމާ އަދާކުރައްވާފައިވާ ބޭފުޅުން ގައުމުގެ ޒިންމާދާރު މަގާމުތަކުގައި ތިބުމަށް އަބަދުވެސް އެދިވަޑައިގަންނަވާކަމަށް އުއްޗު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް