ހުޅުމާލޭ ގެއެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިން ދީފައިވާ ކަަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތީރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
އެންޑީއެމްއޭއިން ބުނީ ހުޅުމާލެ Lot-11395 ހިނގި އަލިފާނުގެ ހާދިސާގައި އެގޭގެ ކޮޓަރިއަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވުމުން، އެ އޮތޯރިޓީން އަންނަނީ އެ ގޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
"އަލިފާނުން ލިބުނު ގެއްލުމުގެ ސަބަބުން ގޭގެ އެއް ކޮޓަރި ވަނީ އަނދައިގެން ގޮސްފައި. އަދި ގޭގެ ދެން ހުރި ކޮޓަރިއާއި ސިޓިންރޫމަށް ވެސް ކަޅުދުމާއި އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައިވޭ. މި ގޭގައި ދިރިއުޅެމުން ދިޔަ ހަތް ފަރާތަކަށް މި އޮތޯރިޓީގެ ފަރާތުން ފަސް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމާއި އަދި އަންނައުނު ވަނީ ހަމަޖައްސައިދީފައި." އެންޑީއެމްއޭއިން ބުންޏެވެ.
އެންޑީއެމްއޭއިން އެކްސްގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގި ތަނުގައި ހުރި ހުރިހާ އެއްޗެއްހެންވަނީ ބޭނުންނުކުރެވޭވަރަށް އަނދައިފައެވެ. އެ ތަނުގެ ފާރުތައްވެސް ހުރީ ދުމުގެ އަސަރުކޮށް އެއްކޮށް ކަޅުވެފައެވެ.
ފާތިމަތު ލިއުޝާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ