ތިން މިނިސްޓްރީއެއް ހިންގި ގްރީން ބިލްޑިންގައި އަލިފާން ރޯވި ހާދިސާއާ ގުޅޭ ފުރިހަމަ ސީސީޓީވީ ފޫޓޭޖާއި ތަފްސީލު ފުލުހުން މިއަދު އާންމުކޮށްފިއެވެ.
ގްރީން ބިލްޑިންގައި އަލިފާން ރޯވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެެވެ.
އިސްކަންދަރުކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާއްމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި ގްރީން ބިލްޑިންގައި ރޯވުމުގެ ކުރިން އެ އިމާރާތުން ކަރަންޓު ކެނޑެއެވެ. އެގޮތުން އެ ދުވަހުގެ ފަތިހު 5:33 ގައި ގްރީން ބިލްޑިންއިން ކަރަންޓު ކެނޑެއެވެ. އަދި އޭގެ 45 ވަރަކަށް މިނެޓް ފަހުން،. 6:13 އެ އިމާރާތުގެ ގްރައުންޑް ފްލޯ އާއި ފުރަތަމަ ފަންގި ފިލާއާ ދެމެދު ހުރި ކަރަންޓު ނަރުތަކެއްގައި ރޯވެގެން، އެ އިމާރާތުގެ ސެކިއުރިޓި ގާޑަކަށް ހުރި ބިދޭސީ މީހާ ހަރަކާތްތެރިވާތަން ފެނެއެެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި އެ ބިދޭސީ މީހާ އެކި މީހުންނަށް ގުޅަން މަސައްކަތް ކުރިއެވެ. އަދި އެ ވަގުތު އެތަކުން ދިޔަ އޮފް ޑިއުޓީ ފުލުހެއްގެ އެހީތެރިކަންވެސް ހޯދިއެވެ. ބިދޭސީ މީހާގެ މަސައްކަތުން ނަރުތަކުގައި ރޯވި އަލިފާންގަނޑު ނިއްވާލިއެވެ. ނަމަވެސް އެއިރު ވެސް ބޯކޮށް ދުން އަރަމުންދިޔައެވެ.
އޭގެ އިރުކޮޅެއްފަހުން އެމްއެންޑީއެފްގެ ފަޔަ ފައިޓަރުން އައިސް އެ އިމާރާތުގެ އެކޮ ފްލޯތަކުގައި ހަރަކާތްތެރިވިއެވެ. އަލިފާންގަނޑު ބޮޑަށް ރޯވީ، އެ އިމާރާތުގައި ފަޔާ ފައިޓަރުން ތިއްބައެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ވެރިޔާ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، ގްރީން ބިލްޑިންގެ ވަށައިގެން ސީސީޓީވީތައް ހުރިއިރު ނުފެނި އެއްވެސް މީހަކަށް އެ ސަރަހައްދަށް ނުވަދެވޭނެ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ގްރީން ބިލްޑިންގައި ރޯވި އެ އަލިފާންގަނޑު ކޮންޓްރޯލް އެ ދުވަހުގެ ކުރެވުނީ 12:45 ހާއިރެވެ. އަދި އެއްކޮށް ނިއްވާލެވުނީ 15:30ގައެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް