ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިޔާނާތާ ގުޅިގެން ޖަލަށް ލައިފައިވާ އެ ޖަމިއްޔާގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލު ގޭބަންދަށް ބަދަލުކޮށްފިއެވެ.
އެފްއޭއެމްގެ ހިޔާނާތާ ގުޅިގެން ބައްސާމުގެ މައްޗަށް ރިޝްވަތުގެ ދެ ދައުވާ އަދި މަނީ ލޯންޑަރިންގެ ދެ ދައުވާކުރިއެވެ. ޖުމްލަ އެ ހަތުރު ދައުވާ ބައްސާމުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި ބައްސާމް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްއިން މިރޭ ބުނީ ބައްސާމް ގޭބަންދަށް ބަދަލުކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް ބައްސާމް ގޭބަންދަށް ބަދަލުކުރި ސަބަބެއް ކަރެކްޝަންސްއިން ހާމައެއް ނުކުރެއެވެ.
ބައްސާމުގެ މައްޗަށް ރިޝްވަތުގެ ދެ ދައުވާ ސާބިތުވުމުގެ ސަބަބުން ކުރިމިނަލް ކޯޓުން އިއްވާފައިވަނީ ނުވަ އަހަރުގެ ޖަލު ހުކުމެކެވެ. މަނީ ލޯންޑަރިންގެ ދެ ދައުވާ ސާބިތުވުމުގެ ސަބަބުން ބައްސާމަށް އިއްވާފައިވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.
މުހައްމަދު އިޝާން
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް