އަނެއްކާވެސް އެފްއޭ ކަޕް ބާއްވަން ތައްޔާރުވެ، އިއްޔެ ގުރު އަތު ނަގައިފިއެވެ.
އަންނަ މަހު 10 ވަނަ ދުވަހު ފަށާ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް ގުރު އިއްޔެ ނަގާފައިވާ އިރު، ވާދަކުރާނީ ރަތަމަ ޑިވިޝަނުން އޮޑި ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު، ކްލަބް އީގަލްސް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ބުރު ސްޕޯޓްސް ކްލަބްގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އޭގެ އިތުރުން ބްލޫސް ސްޕޯޓްސް ކްލަބް ވެސް އެފްއޭ ކަޕްގައި ވާދަކުރާނެއެވެ.
މުބާރާތް ކުއާޓާ ފައިނަލާ ހަމައިން ފަށަން ތައްޔާރުވެފައިވާ އިރު، ފުރަތަމަ ކުޅޭ ކުއާޓާ މެޗުތަކުގައި އީގަލްސްއާއި ބްލޫސްގެ އިތުރުން ނިއުއާއި އޮޑި ވާދަކުރާނެއެވެ.
ނިއުއާއި އޮޑިއަކީ މި ސީޒަނުގައި ވާދަވެރިކޮށް ފެނިގެން ދިޔަ ދެޓީމެވެ. ދެޓީމުން ލީގުގައި ދެ ފަހަރު އަދި ޕްރެޒިޑެންޓްސް ކަޕްގައި އެއް ފަަހަރު ބައްދަލުކޮށްފައިވާ އިރު، ނިއުއިން ލީގުގައި އޮޑި އަތުން އެއް މެޗުން 1-0 އިން ބަލިވި އިރު، އަނެއް މެޗުން 0-0 އިން ވަނީ ދެޓީމު އެއްވަރުވެފައެވެ. ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި ދެ ޓީމު ކުޅުނު މެޗުން ވަނީ 1-1 އިން އެއްވަރުވެފައެވެ.
އެފްއޭ ކަޕް މުބާރާތް މި ފަހަކަށް އައިސް ބާއްވާފައި ނުވާ އިރު، އެންމެފަހުން މުބާރާތް ބޭއްވީ 2022 ވަނަ އަހަރުއެވެ. އެފަހަރު އީގަލްސް ބަލިކޮށް ތަށި ނެގީ މާޒިޔާއެވެ. އޭގެ ކުރިން 2017 ވަނަ އަހަރު މުބާރާތް ބޭއްވި އިރު، މުބާރާތް ނެގީ ނިއުއިންނެވެ.
އެފްއޭކަޕް ދިވެހިރާއްޖެ
އެފްއޭކަޕް ދިވެހިރާއްޖެ
އެފްއޭކަޕް ދިވެހިރާއްޖެ