ދެ ލެގުގެ ނަތީޖާއިން ބާސެލޯނާ ބަލިކޮށް، އެތުލެޓިކޯ މެޑްރިޑުން 2013 ވަނަ އަހަރަށްފަހު ކޮޕާ ޑެލް ރޭގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.
އެތުލެޓިކޯއިން ރޭ ބާސާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 3-0 އިންނެވެ. ބާސާއިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރޭ މޮޅުވި ނަމަވެސް، އެތުލެޓިކޯއިން ވަނީ ކުޅުނު ފުރަތަމަ ލެގު، 4-0 އިން ކާމިޔާބު ކޮށްފިއެވެ.
ފުރަތަމަ ލެގުގެ ދަށް ނަތީޖާ އަނބުރާލުމަށް ރޭ ބާސާއިން ނުކުތީ ތަފާތު ރޫހެއްގައެވެ. މެޗުގެ ފުރަތަމަ މިނެޓުގައިވެސް ފާމިން ލޮޕޭޒް އުފެއްދި ހަމަލާގައި ބާސާއިން ލީޑު ނެގުމާ ގާތަށް ޖެހިލި އިރު، އޭގެފަހުން ރަފީނިއާއާއި ފެރާން ޓޮރެސް އަދި ލެމީން ޔަމާލްގެ ނުރައްކާގެ ހަމަލާތައް ފެނިގެން ދިޔައެވެ.
އެތުލެޓިކޯއިން އަޑެމޯލާ ލުކްމައަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އިރު، ފުރަތަމަ ހާފުގައި ބާސާއިން ދެ ގޯލް ޖެހިއެވެ. މާކް ބާނަލްއާއި ރަފީނިއާގެ ގޯލްތަކުން ބާސާއިން ފުރަތަމަ ހާފުގައި އުންމީދު ހޯދި އިރު، ބާނަލްގެ އިތުރު ގޯލަކާއެކު ބާސާއިން އެއްވަރުކުރުމާ ގާތަށްވެސް ޖެހިލިއެވެ.
އޭގެފަހުންވެސް ބާސާއަށް ފުރުސަތު ލިބުނު ނަމަވެސް، އެއްވަރު ކުރެވޭނެ ގޮތެއް ނުވިއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ