އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލާ ތަށްޓަށް ވާދަކުރަމުންދާ މެންޗެސްޓާ ސިޓީން، ފަރަގު ދެޓީމަށް ކުޑަކޮށްފިއެވެ.

މިދިޔަ ދެތިން ސީޒަނެއްގައިވެސް އާސެނަލުން ސީޒަނުގެ ބޮޑު ބައެއްގައި ތާވަލުގައި ލީޑު ދަމަހައްޓަމުން ގޮސްފައިވީ ނަމަވެސް، އެ ލީޑު އާންމުކޮށް ގެއްލެނީ ފަހުވަގުތުއެވެ. އެ ހާލަތު ބަދަލުކޮށް، 2003 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ލީގު ތަށި ހޯދަން އާސެނަލުން ކުރަމުންދާ މަސައްކަތުގައި، މިދިޔަ މަހުގެ ފަހުކޮޅާ ހަމައަށް އެޓީމު އޮތީ 10 ވަރަކަށް ޕޮއިންޓް ފަރަގެއްގައެވެ.

އެންމެފަހުން އާސެނަލުން ކުޅުނު ލީގު ދެމެޗުވެސް އެއްވަރުވެފައިވާ އިރު، އެޓީމާ ސިޓީއާ ދެމެދު މިހާރު އޮތް ފަރަގަކީ ދެޕޮއިންޓެވެ.

އާސެނަލް، 27 މެޗުން 58 ޕޮއިންޓާއެކު އެއްވަނައިގައި އޮތް އިރު، ސިޓީ ދެވަނައިގައި އޮތީ 27މެޗުން 56 ޕޮއިންޓެވެ.

ސިޓީން އަމިއްލަ ދަނޑުގައި ރޭ 2-1 އިން ނިއުކާސަލް ބަލިކުރި އިރު، އެޓީމުގެ ދެ ގޯލްވެސް ޖެހީ ނިކޯ އޮރައިލީއެވެ. އޭނާގެ ފުރަތަމަ ގޯލް 14 ވަނަ މިނެޓުގައި ޖެހީ އޮމްރްމަރް މަރްމޫޝްގެ ޕާހަކުންނެވެ

އޭގެ އިރުކޮޅެއްފަހުން ޖޭކޮބް ރަމްސީ ޖައްސާލި ޕާސް ގޯލަށް ވައްދާލައިގައި ނިއުކާސަލްއަށް އެއްވަރުކޮށްދިނީ ލެވިސް ހޯލެއެވެ.

ހާފު ނިމުމުގެ ކުރިން ސިޓީގެ ދެވަނަ ގޯލްވެސް ޖަހައިދިނީ އޮރެއިލީއެވެ.

ޗެލްސީން މިދިޔަ ހަފުތާ ލީގުގައި ކުޅުނު މެޗުގައިވެސް ލީޑްސް ކައިރިން ހަޑިކޮށް ލީޑު ގެއްލުވާލި އިރު، ރޭ ޗެލްސީއާއި ބާންލީއާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ކުރީކޮޅުގައި ޖުއާއޯ ޕެޑްރީ ޖެހި ގޯލުން ޗެލްސީ ލީޑު ނެގި ނަމަވެސް، ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި ވެސްލޯ ފޮފާނާއަށް ދެއްކި ރަތާއެކު އެޓީމުން ކުޅުންތެރިޔަކު މަދުވިއެވެ

އޭގެ ފަހުން ބާންލީން ކުރި ޕްރެޝަރުގެ ނަތީޖާއެއް ގޮތުން، 93 ވަނަ މިނެޓުގައި އެއްވަރުކުރިއެވެ. އެ ގޯލް ޖެހީ ޒިއަން ފްލެ