ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް މަސައްކަތްކުރާ ކައުންސިލްތަކެއް އިންތިހާބުކުރުން މުހިންމުކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މާފަންނު ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ މާލެ ސިޓީ ސާފުކޮށް ބެލެހެއްޓުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ. އަދި މާލެއަށް ދިމާވެފައިވާ އެކިއެކި މައްސަލަތައް ހައްލުކުރުމަށްވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެންނަން ބޭނުންވާ ތަސައްވުރާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިޔުމުގަ، ރައީސުލްޖުމްހޫރިއްޔާއެކު މަސައްކަތް ކުރާނެ ރަނގަޅު ލޯކަލް ކައުންސިލެއް އޮތުމަކީ ވަރަށް މުހިންމުކަމެއް. ކީއްވެގެންތޯ މުހިންމުވަނީ؟. ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާފައި އެބަހުރި ވަރަށް މުހިންމު އަސާސީ ކަންތައްތައް، ރައްޔިތުންނަށް ލުއިފަސޭހަވާނެ ކަންތައްތައް. އެކަންކަން ކުރިއަށް ގެންދިއުމަށް ތަންފީޒުކުރުމަށްޓަކައި ރަނގަޅު ހަރުދަނާ ބަޔަކު ކައުންސިލުގައި ތިބުން ލާޒިމުވާ ކަންތައްތަކެއް އެބަހުރި" އާދަމް ޝަރީފު ވިދާޅުވިއެވެ.
އާދަމް ޝަރީފު ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ސަރުކާރުން ވަނީ މާލޭގެ ބަނދަރު މައްޗަށް ހެޔޮ ބަދަލުތަކެއް ގެނެސްފައި ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގެ ރީތިކަމާއި، ސާފުތާހިރުކަމާއި އަދި އުޅަނދު ޕާކު ކުރުން ފަދަ ކަންކަން އިންތިޒާމު ކުރެވޭނީ، ކައުންސިލުން ރަނގަޅަށް ޒިންމާ އަދާކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން މާލޭގެ ކައުންސިލްގެ ތިއްބަވާ މެންބަރުންނަކީ، ސަރުކާރުގެ ތަސައްވުރު ގަބޫލުކުރާ ބަޔަކަށްވާންޖެހޭ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް
ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް
ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް