އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ހުށަހެޅި ފަރާތްތަކުންގެ ތެރެއިން އެ ފަރާތެއްްގެ ކެނޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތުމުން ހުށަހެޅި މައްސަލައަކަށް މާދަމާ ހުކުމް ކުރަން ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފިއެވެ.
މި ދެ ކެންޑިޑެސީ ބަލައި ނުގަތުމުން ކޯޓު މަރުހާލަގައި އޮތް މި ދެ މައްސަލައާ ގުޅިގެން ކ. ގުރައިދޫ އާއި ކ. ތުލުސްދޫ ކައުންސިލަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންބަރު ކަނޑައަޅަން ގުރުއަތުލުން ގެންގޮސްފައެއް ނުވެއެވެ. ނަމަވެސް އެނޫން އެހެން ހުރިހާ ރަށެއްގެ ކައުންސިލަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންބަރު ގުރުލައިގެން ކަނޑައަޅައި މިހާރު ވަނީ ތަރުތީބުކޮށްފަ އެވެ.
މާދަމާ ހުކުމް ކުރަން ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވާ ދެ މައްސަލައަކީ، ކ. ގުރައިދޫ ކައުންސިލްގެ ރައީސް ކަމަށް އަމިއްލަ ގޮތުން ކުރިމަތިލި އަބްދުލް މަޖީދު، ރިނދަލިގެ/ގުރައިދޫގެ ކެންޑިޑެސީ ބަލައިނުގަތުމުން ހުށަހެޅި މައްސަލައަކާއި، ކ. ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލި ފާތިމަތު ސޫޒަންގެ ކެންޑިޑެސީ ބަލައިނުގަތުމުން ހުށަހެޅި މައްސަލައެކެވެ.
އޭގެ ތެރެއިން އަބްދުއްމަޖީދު ހުށަހެޅި މައްސަލައިގެ ހުކުމް ކުރުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:30 އަށެވެ.
ފާތިމަތު ސޫޒަން ހުށަހެޅި މައްސަލައިގެ ހުކުމް ކުރުމަށް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:30 އަށެވެ.
މި ދެ މައްސަލަ ވެސް ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދު، އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިންއެވެ.
އިބްރާހިމް ޒަކީ
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން